.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
# މޫސުމީ ވިއްސާރަ 2025# އެންޑީއެމްއޭ--
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްތަކަށް ލިބުނު ގެއްލުންތަކުގައި ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ހާމަކޮށްފައެވެ.

އެންޑީއެމްއޭއިން މިއަދު ވަނީ މިމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލް ހާމަކޮށްފައެވެ.
އެގޮތުން މިމަހުގެ ތިން ވަނަ ދުވަހު މާލެއަށް 161.9 މިލިމީޓަރުގެ ވާލޭ ވެހުނު އިރު އެއީ މިހާތަނަށް މާލެއަށް 245 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ދުވަހެެވެ. އެދުވަހުގެ ހަވީރު 3 އިން އިރުއޮއްސި 6 އަކަށް 109.8 މިލިމީޓަރުގެ ވާރޭ މާލެއަށް ވަނީ ވެހިފައި އެވެ.
އެގޮތުން މާލޭގައި ފެންބޮޑުވެގެން އެކި އެހީތެރިކަމަށް އެދި 740 ރިޕޯޓު އެންޑީއެމްއޭއަށް ލިބިފައިވާއިރު އޭގެ ތެރޭގައި ގޭގެއާއި އެކި ވިޔަފާރިތައް ހިމެނެއެވެ. އަދި ފެންބިޑުވުމާއި ގުޅިގެން ލިބުނު ގެއްލުންތަކުގައި ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން 53 ގެއެއްގެ ރެޕިޑް އެސެސްމެންޓު ހަަދައި 27 ގޭބިސޭއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުމުގެ ކަންކަން ދެ ދުވަހަށް ހަމަޖައްސާދީފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. އަދި ރާއްޖޭގެ 2 ރަށަކަށް އުދަ އަރައި 8 ރަށެއްގެ ފެންބޮޑުވެގެން އެއިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެގޮތުން ރިޕޯޓުކުރި ރަށްތަކުގެ ތެރެއިން 4 ރަށެއްގެ 73 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިގެން އެސެސްމެންޓު ފޯމު އެންޑީއެމްއޭއަށް ހުށަހަޅާފައިވެއެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނީ ވިއްސާރާގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އާންމުން ދިރިއުޅޭ ގޭބިސީޓަކަށް ލިބުނު ގެއްލުންތަށް 2.2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި ދަނޑުބިންތަކާއި ގުދަންތަކާއި ގޭބިސީތައް ހިމެނޭހެން ރަށްތަކުން ލިބުނު ގެއްލުންތައް 8 ލައްކަ ރުފިޔާއަށް އަރާކަމަށެވެ. އެހެންކަމުން މުޅި ޖުމްލަ ވިއްސާރާގައި ލިބުނު ގެއްލުންތައް 3 މިލިއަން ރުފިޔާއަށް ވަނީ އަރާފައި އެވެ.
މިއީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބި އެއިދާރާއިން ހިންގި އެންމެ ބޮޑު އެޕަރޭޝަންގެ ގޮތުގައި އެންޑީއެމްއޭއިން ބުނެއެވެ. މި އޮޕަރޭޝަންގައި ފެން ހިންދުމުގެ އޮޕަރޭޝަނަށް 61,000 ރުފިޔާ ހަރަދުވި އިރު ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ޒާރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް 2 ލައްކަ ރުފިޔާ ހަރަދުވި ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
ގުޅުންހުރި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
