.jpeg&w=3840&q=75)
ވިއްސާރާގައި ގެއްލުން ލިބިގެން ރިޕޯޓުކުރި ފަރާތްތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް މާދަމާ ހަދަން ފަށަނީ
# އެންޑީއެމްއޭ# މޫސުމީ ވިއްސާރަ 2025--
އިއްޔެ މާލެ ރެކޯޑުއަދަދަކަށް ވާރޭ ވެހި ގެއްލުން ލިބުނު ކަމުގެ ރިޕޯޓުލިބުނު ފަރާތްތަކުގެ އެސެސްމެންޓެއް މާދާމާ ހަދަން ފަށާނެ ކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ހާމަކޮށްފި އެވެ.

އެންޑީއެމްއޭއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފަރާތްތަކުން ދަނީ އެފަރާތްތަކުގެ ދިރިއުޅެމުންއައި ތަން އާންމު ހާލަތައް ގެނައުމަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ދެވުނީ 2 ދުވަހުގެ މުއްދަތަށްކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
މީގެ އިތުރުން އެން.ޑީ.އެމް.އޭ އަށް ގެއްލުންތައް ރިޕޯރޓް ކުރި މީހުން ދިރިއުޅޭ ގެތަކުގެ ގެއްލުންތައް ދެނެގަތުމުގެ އެސެސްމަންޓް މާދަމާ ހެދުމަށް ނިންމާފައިވާކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައި އެވެ.
އެންޑީއެމްއޭއިން ރޭ ހާމަކުރި މައުލޫމަތަށް ބަލާއިރު އެއޮތޯރިޓީއަށް ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެތެރެއިން 554 ރިކުއެސްޓައަކީ ވެލިބަސްތާ ޖެހުމަށް އެދި ކުރި ރެކުއެސްޓްކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.
ހަމައެއާއި އެކު އިއްޔެ 53 ގެއެއްގެ ރެޕިޑް އެސެސްމެނެްޓް އެއޮތޯރިޓީން ހަދާފައިވާއިރު އޭގެތެރެއިން 36 ގޭބިސީގެ 226 މީހުންނަށްވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ފޯރުކޮށްދީފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކަށް ބަލާއިރު އިއްޔެ މާލެ ސަރަހައްދަށާ 300 މިލިމީޓަރަށްވުރެ ގިނަ ވާރޭ ވަނީ ވެހިފައި އެވެ. އެއީ މާލެ, ހުޅުލެ އަދި ހުޅުމާލެއަށް ވެހުނު ވާރޭގެ ޖުމުލަ އެވެ.
ގުޅުންހުރި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
