
ބޯ ވާރެއާއި އުދައިގެ ސަބަބުން މިހާތަނަށް 6 ރަށަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު ލިބިފައިވޭ - އެންޑީއެމްއޭ
# އެންޑީއެމްއޭ--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 6 ރަށަކަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީއިން ބުނެފި އެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ ބޯކޮށް ވާރޭ ވެހުމާާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެގޮތުން އުދަ އަރައިގެން ށ.ނަރުދޫ އާއި ރ. އިނގުރައިދޫ އިން ރިޕޯޓުކޮށްފައިވާއިރު ވާރޭ ވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ، ދ.މީދޫ،ފ.ނިލަންދޫ އަދި ފ. މަގޫދޫ އިން ވަނީ ރިޕޯޓުކޮށްފައި ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
މިއާއި އެކު ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ.
އެންޑީއެމްއޭއިން ބުނީ އަދި މިހާތަނަށް އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މީގެ އިރުކޮޅެއް ކުރިން އޮރެންޖު އިންޒާރު ވަނީ ނެރެފައި އެވެ. މޫސުމާއި ބެހޭ އިދާރާއިން އޮރެންޖު އިންޒާރު ނެރުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށެވެ. މިއާއި އެކު ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް އެންޑީއެމްއޭއިން ވަނީ އެދިފައި އެވެ.
ގުޅުންހުރި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
