
--
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އަބްދުالله ހަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނީ ހަލީލްގެ މި ދަތުރުފުޅަކީ އެގައުމުގެ އެކްސްޓާނަލް މިނިސްޓަރު ޑރ އެސް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން ހަލީލް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި އެވެ. ހަލީލްއަށް އިންޑިއާއިން މަަރުހަބާ ދެންނެވީ އެގައުމުގެ އިސް އޮފިޝަލުންނެވެ.
ހަލީލްގެ މި ދަތުރުފުޅަކީ ދެދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ހަލީލް އެގައުމުގެ އެކްސްޓާނަލް މިނިސްޓަރު ޑރ އެސް ޖައިޝަންކަރުއާއި ބައްދަލުކުރައްވާނީ މާދަމާ މެންދުރު ހައިދްރަބާދު ހައުސްގައި އެވެ.
މި ދަތުރުފުޅާއި ގޮތުން އަދި މިހާތަނަށް ދިވެހި ސަރުކާރުން މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

އިރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ ޕްރޮޓޮކޯލްގެ ބަދަލަކާ ގުޅިގެން!
.jpg&w=3840&q=75)
ރާއްޖެއާއި ތައިލެންޑުގެ ޒަމާންވީ ގުޅުން ބަދަހިކުރަން ޚާރިޖީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއް!

ޒަމާނީ ޓެކްނޮލޮޖީއާއެކު ފެނުގެ ނިޒާމުތައް ހަރުދަނާކުރަން ޔޫއޭއީއާއިއެކު ވެބިނާއެއް!




