logoEN
Sto top
"ވެން ދަ ސްޓާސް ގޮސިޕް" ލީ މިން-ހޯގެ އާ ކޭ-ޑްރާމާ

"ވެން ދަ ސްޓާސް ގޮސިޕް" ލީ މިން-ހޯގެ އާ ކޭ-ޑްރާމާ

ސާރާ އަހުމަދު

logo

1/1/2025, 10:57:48 AM

# ނެޓްފްލިކްސް# ކޮރެއަން ސީރީޒް

--

2024 ވަނަ އަހަރަކީ ނެޓްފްލިކްސްއަށް ވަރަށް ކާމިޔާބު އަހަރެކެވެ.

Wamco

ޚާއްސަކޮށް ކޮރެއާގެ ރޮމޭންޓިކް ޖޯންރާތަކުގެ ޝޯތައް ކަމަށްވާ މައި ޑެމޮން، ކުއީން އޮފް ޓިއާސް އަދި ވެލްކަމް ޓު ސަމްޑަލް-ރީ ފަދަ ޝޯތަކަށް އެތައް މިލިއަން ބައެއްގެ ވިއުސް ލިބުނެވެ. އެހެންކަމުން ނެޓްފްލިކްސްގެ އަމާޒަކީ މިއަހަރުވެސް ކާމިޔާބީގެ މި ސިލްސިލާ މިގޮތުގައި ދެމެހެއްޓުމެވެ. އެކަން ހާމަވެގެންދަނީ މިއަހަރުގެ ނެޓްފްލިކްސް ލައިނަޕުގައިވެސް ކޮރެއާގެ ގިނަ ސީރީސްތަކެއް ހުރުމާއި އެކުގައި އެވެ.

އެގޮތުން ނެޓްފްލިކްސްއިން ދެން އެންމެ އަވަހަށް ފެނިގެންދާނެ ކޮރެއަން ސީރީޒްއަކީ "ވެން ދަ ސްޓާސް ގޮސިޕް" އެވެ.

މަޝްހޫރު އެކްޓަރުން ކަމަށްވާ ލީ މިން-ހޯ އާއި ގޮންގް ހިޔޯ-ޖިން ފެނިގެންދާ މި ސީރީޒްއަކީ ސްޕޭސް ޓޫރިސްޓަކާއި ސްޕޭސް ސްޓޭޝަނެއްގެ އެސްޓްރޮނޯޓެއްގެ ލޯބީގެ ގުޅުން ފެނިގެންދާ ސީރީޒެކެވެ.

ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހަކު އާ އެޕިސޯޑްތައް ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ހަމަޖެހިފައިވަނީ މި ސީރީސްގެ ފުރަތަމަ އެޕިސޯޑް ދައްކަން ހަމަޖެހިފައިވަނީ 4 ޖެނުއަރީ ގައި އެވެ.

މި ސީރީޒް ޑައިރެކްޓްކޮށްފައި ވަނީ "އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ" އާއި "ލަވްސްޓްރަކް އިން ދަ ސިޓީ" ފަދަ މަގްބޫލު ސީރީސްތައް ޑައިރެކްޓުކުރި ޕާކް ޝިން-ވޫ އެވެ. އަދި ލިޔެފައިވަނީ ސިއޯ ސޫކް-ހަޔާންގްއެވެ.

މި ޝޯގައި ފެނިގެންދާނީ ސްޕޭސް ޓޫރިސްޓެއް އަދި އޯބީ-ޖީވައިއެންގެ ރޯލުން ފެނިގެންދާ އެކްޓްރެސް މިޝަނެއްގައި ޒީރޯ ގްރެވިޓީ ސްޕޭސް ސްޓޭޝަނަކަށް އަންނަ މަންޒަރެވެ. އެތަނުގައި އޭނާ އާ ބައްދަލުވަނީ ކޮމާންޑަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މިޝަންގައި ހުރި ޕާފެކްޝަނިސްޓް ކޮރެއަން އެމެރިކަން އެސްޓްރޮނޯޓަކާއެވެ.

މި ރޮމޭންޓިކް ކޭ-ޑްރާމާގެ ޓްރެއިލާ ތިރީގައި މިވާ ލިންކުން ބައްލަވާލައްވާ!

Watch on YouTube
E living
ކޮމެންޓް
E living
ފަހުގެ
STELCO Inside