logoEN
Sto top
މޫސުން ގޯސްވާނެތީ  ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

12/31/2024, 10:09:05 AM

# އެންޑީއެމްއޭ# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މާދަމާ އިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެތީ, ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

Wamco

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާގެ އިރުދެކުނުގަިއ އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދު ތެރޭގައި (ޖަނަވަރީ 1 އިން 5) އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގެ ގަދަވެ އަދި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެއިދާރާއިން އިތުރަށް ބުނީ ގަޑިއަކު 15-25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަަށް ވައި ވެސް ބާރުވާނެ ކަމަށެވެ. އެހެން ކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއާއި އެކު އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައިވަނީ ވިއްސާރަވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާން ދުރާލައި މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމަށާއި، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައިވެ އެވެ. ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގެއްލުންވެދާނެ މުދާ ފެން ނުޖޭހޭ އުސްތައްތަނަށް ބަދަލުކުރުމަށާއި، ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމަށް ލަފާ ދީފައިވެ އެވެ.

ކަނޑުދަތުރު ކުރާ މީހުން ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside