
-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މިއަދުގެ 13:30 އިން ފެށިގެން އިރުއޮއްސި 18:30 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މެޓްއޮފީހުން މިދިޔަ އާދީއްތަ ދުވަހު ވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ގުޅުންހުރި

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު: ކަނޑުތައް ގަދަވާނެ!

މޫސުމީ ބަދަލުތަކާ ގުޅޭ ޖެންޑަރ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

މެޓް އޮފީހަށް 47 އަހަރުދުވަހު ހިދުމަތް ކުރެއްވުމަށްފަހު އަލީ ޝަރީފް ރިޓަޔާކުރައްވައިފި

.gif&w=3840&q=75)



