
--
ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރައްވާފައިވާ "ވިލުންތެރި 20" މަޢުރަޒު ހުޅުވައިފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހުރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އެވެ.
ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރައްވާފައިވާ މި މަޢުރަޒު ކުރިއަށްދަނީ، ނޭޝަނަލް އާޓް ގެލެރީގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަންގާރަ ދުވަހު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރެއްވި "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ގެ ފޮތް އިފުތިތާޙުކޮށްދެއްވާފައެވެ.
މި މައުރަޒާއި ގުޅޭގޮތުން އެންޑީއެމްއޭ އިން ބުނީ، ސުނާމީގައި ގެދޮރާއި، އޮޑިދޯނި ފަހަރާއި، ދިރިއުޅުމަށް ވީގޮތް މި މައުރަޒުން ފެނިގެން ދާނެ ކަމަށެވެ. އެކަމުން އަރައިގަތުމަށް އެހީތެރިކަމާއެކު އެކަކު އަނެކަކަށް ދިން އެއްބާރުލުމުގެ ތެރެއިން ދިވެހީންގެ ދިރިއުޅުން އަލުން ބިނާކޮށް ހަމަޖެހިގެން އައިގޮތް މައުރަޒުން ފެނިގެން ދާނެ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
މި މައުރަޒު ކުރިޔަށްދާނީ ނެޝަނަލް އާޓް ގެލެރީގައި ބުރާސްފަތު ދުވަހުން އާދިއްތަ ދުވަހަށެވެ. އެގޮތުން މައުރަޒު ހުޅުވިފައި ހުންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށްކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. ހަމައެއާއެކު ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުށަހެޅުއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްޞަ ލަވައެއް ނައިބު ރައީސް ވަނީ ބައްލަވާލައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު މަޢުރަޒު ބައްލަވާލައްވައި،"ފަނޑުވުމެއް ނެތް ހަނދާންތައް" ސެގްމެންޓްގައި ސުނާމީއާ ގުޅޭ ޚާއްޞަ މެސެޖެއް، އެމަނިކުފާނު ލިޔުއްވިއެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި "ވިލުންތެރި 20" މައުރަޒުގެ ފޮޓޯފޮތް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން، ޑިސެންބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު 09:23 ގައެވެ.
ގުޅުންހުރި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
