logoEN
Sto top
ޓްރާންސްޕޯޓް ސެކްޓަރުގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޓްރާންސްޕޯޓް ސެކްޓަރުގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

12/22/2024, 1:01:37 PM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

--

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމްސީސީއީއީ) އިން ވަނީ "ޓްރާންސްޕޯޓް ސެކްޓަރުގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް ކޮންސަލްޓަންސީ ޚިދުމަތް" ފޯރުކޮށްދިނުމަށް ރިތަރިވަރކްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

Wamco

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާ އެވެ. އަދި ރިތަރިވަރކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފެވެ.

މި މަސައްކަތަކީ 2024 އޯގަސްޓް 12 ވަނަ ދުވަހު އެމްސީސީއީއީ އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (އެމްއޯޓީސީއޭ) އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން "ކެޕޭސިޓީ ބިލްޑިންގ ފޮރ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް" (ސީބިޓް މޯލްޑިވްސް) ޕްރޮޖެކްޓްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި ޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ފަންޑިންގ އާއެކު މިނިސްޓްރީން ހިންގާ، އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެން އެންވަޔަރަންމަންޓް) ގެ އެހީތެރިކަމާއެކު ތަންފީޒުކުރެވޭ ޕްރޮޖެކްޓެކެވެ.

މި ކޮންސަލްޓަންސީގެ މަޤްޞަދަކީ ގްރީންހައުސް ގޭސް (ޖީއެޗްޖީ) އިންވެންޓްރީ އެކުލަވާލުމަށް ބޭނުންވާ ޓްރާންސްޕޯޓާ ގުޅޭ މަޢުލޫމާތު ހޯދުމަށް ރައްކާތެރި އަދި ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މި މަސައްކަތުގެ މުހިންމު އެއް ނަތީޖާއަކީ އެމްއޯޓީސީއޭގެ އައު ސީއެމްއެސް އަސާސްކޮށްފައިވާ ވެބްސައިޓަކާ އެކުލެވިގެންވާ ރައްކާތެރި ޑޭޓާ ހިއްސާކުރުމުގެ އިންޓަރފޭސްއެއް ތައްޔާރުކުރުމެވެ. މީގެ އިތުރުން، އޮޑޮމީޓަރ ޑޭޓާ އެއްކުރުމަށް ރޯޑްވާދިނަސް ސިސްޓަމެއް ތަޢާރަފުކުރެވި، އޭގެ ސަބަބުން ޖީއެޗްޖީ އިންވެންޓްރީތަކުގެ ޞައްޙަކަމާއި އިތުބާރު އިތުރުވެގެންދާނެއެވެ.

ސީބިޓް މޯލްޑިވްސް ޕްރޮޖެކްޓުގެ މަޤްޞަދަކީ ޕެރިސް އެއްބަސްވުމުގެ އެންހޭންސްޑް ޓްރާންސްޕޭރަންސީ ފްރޭމްވަރކް (އީޓީއެފް) އާ އެއްގޮތަށް ރާއްޖޭގެ ހާމަކަން ބޮޑުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމެވެ. މި ގޮތުން، ދިގު މުއްދަތަކަށް ދެމިގެންދާނެ އިދާރީ އިންތިޒާމުތައް ވަރުގަދަކޮށް، ޑޭޓާ އެއްކުރުމާއި ޕްރޮސެސްކުރުން ނިޒާމުގެ ތެރެއަށް ވައްދައި، އިންޑިކޭޓަރުތަކާއި މެތަޑޮލޮޖީތައް ތަރައްޤީކުރުމަށް މަސައްކަތްކުރެވޭނެއެވެ.

މީގެ އިތުރުން، މި ޕްރޮޖެކްޓުގެ ދަށުން ޖީއެޗްޖީ އިންވެންޓްރީތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމާއި އެ ބަދަލުތަކަށް ހޭނުމުގެ ފިޔަވަޅުތައް ދެނެގަތުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މާލީ ކަންކަމާ ބެހޭ ޑޭޓާގެ ފެންވަރު ރަނގަޅުކޮށް، އެ ޑޭޓާ މެނޭޖްކުރުމުގެ އުސޫލުތައް ހަރުދަނާކުރެވޭނެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އަށް ގަވާއިދުން އަދި ހާމަކަން ބޮޑު ގޮތެއްގައި ރިޕޯޓުކުރެވޭނެއެވެ.

މި މަސައްކަތްތަކުން ޤައުމީ ފެންވަރުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް މަގުފަހިވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތައް އެދެވޭ ގޮތެއްގައި މެނޭޖްކުރުމަށް މަގުފަހިވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside