
ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ--
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

އެންވަރަމެންޓު މިނިސްޓްރީން މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަގުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ,
މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުންނާއި ފެނަކައިން މިހާރު ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކާއި ކުރިމަގުގެ ޕްލޭންތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، "ފެނަކައަކީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް. އަޅުގަނޑުމެންގެ އަމާޒަކީ ފެނަކައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުން."
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙު ވިދާޅުވީ، "މިނިސްޓްރީގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރެވޭނެ. މި ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް މަޝްވަރާކުރެވި، ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ."
މި ބައްދަލުވުމަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ބެލެވޭ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

އިނގިރޭސި ސަފީރާއި އެކު ކޮޕް30 ސަމިޓާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ވ ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ބިނާކުރަން ސޮއިކޮށްފި

މިނިސްޓަރު ތޯރިގް، ޔޫއެންއީއޭ ރައީސްއާއި ބައްދަލުކުރައްވައިފި
