
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މި ހިނގާ ޖޫން މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް!
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ-
ތިމާވެށީގެ ދުވަހާ ގުޅިގެން މުޅި ޖޫން މަހު ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްގެންދަން އެންވަޔަރަމެންޓު މިނިސްޓްރީން ހާމަކޮށްފި އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުރިޔަށްގެންދާ މި ހަރަކާތްތަށް މިމަހުގެ ކޮންމެ ދުވަހަކުވެސް، ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
"އަވަރް ޕްލެނެޓް އެކްޝަން މަންތް" ގެ ނަމުގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ޙަރަކާތްތަކުގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ސެމިނަރތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ގަސްއިންދުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ވަނީ ރޭވިފައެވެ.
މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނެފައިވެއެވެ. އަދި މި ޙަރަކާތްތަކުގެ ތަފްޞީލު މަޢުލޫމާތު ލިބިވަޑައިގަންނަވާނީ އެ މިނިސްޓްރީގެ ވެބްސައިޓްތަކުންނާއި އިޖްތިމާޢީ ވިއުގަތަކުން ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

އިނގިރޭސި ސަފީރާއި އެކު ކޮޕް30 ސަމިޓާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ވ ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ބިނާކުރަން ސޮއިކޮށްފި

މިނިސްޓަރު ތޯރިގް، ޔޫއެންއީއޭ ރައީސްއާއި ބައްދަލުކުރައްވައިފި
