
--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކަށްވެސް އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދރާއިން ހުދު ސަމާލު ނެރެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އެގޮތުން މި ސަމާލު ނެރެފައިވަނީ މިއަދުގެ 14:30 އިން ފެށިގެން 20:00 ގެ ނިޔަލަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާޜާއިން ވަނީ އެމުއްދަތުގައި އެސަރަހައްދަށް ގަޑިއަކު 22 މެލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި އެކު ރާއްޖޭގެ އެހެން ސަރަހައްދުތައްވެސް އޮތީ މިވަގުތު ހުދު ސަމާލުގައި އެވެ. އެގޮތުން އެންމެ އުތުރުން ހއ އިން ފެށިގެން ތ އަތޮޅާއި ހަމައަށް މިއަދުގެ 15:00 ގެ ނިޔަލަށް މޫސުމީ ހުދު ސަމާލު ވަނީ ނެރެފައި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެސަރަހައްދުތަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.