
މާލެއަށް ކުރަމުން އަންނަ ވިއްސާރައާއި އެކު މިހާތަނަށް 32 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
# އެންޑީއެމްއޭ--
ރެއިން ފެށިގެން މާލެއަށް ކުރަމުން އަންނަ ވިއްސާރައިގައި ގެތަކަށް ފެން ވަނުމުގެ ސަބަބުން 32 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ރެއިން ފެށިގެން ވެރިރަށް, މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލެގެ ބޮޑު ސަރަހައްދެއް މިހާރުވެސް އޮތީ ފެނުއަޑީގައި އެވެ. އަދި ބައެއް ގެތަކަށް ފެން ވަންނަމުންދާތީ ދިވެހި ސިފައިން ދަނީ މަގުތަކުގައި އެހީތެރިވުމަށް ހަރަކާތްތެރިވަމުންނެވެ.
މި ވިއްސާރައާއި ގުޅޭ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން އެއޮރިޓީއާއި ފުލުހުންނާއި ސިފައިން އަދި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 101 ކޯލް ލިބުނު ކަމަށެވެ. އެގޮތުން ގެތަކަށް ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ސިޓީ ކައުންސިލް ގުޅިގެން 47 ތަނެއްގައި 229 ގެއެއްގައި ވެލި ބަސްތާ ވަނީ ޖަހާފައިކަން އެންޑީއެމްއޭއިން ބުނެއެވެ.
މީގެ އިތުރުން ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބީސީއެއްގެ ރެޕިޑް އެސެސްމަންޓް ރެޑްކްރެސެންޓުގެ އެހީތެރިކަމާއެކު ހަދައިފައިވާއިރު، 8 ގޭބީސީއެއްގެ 32 މީހަކަށް އެއްދުވަހުގެ މުއްދަތަކަށް ބޯހިޔާވަހިކަމާއި ކެއުން ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ފެންބޮޑުވެގެން އެންޑީއެމްއޭއާއި ކަމާބެހޭ ފަރާްތަކަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާފަންނާއި ގަލޮޅުން ކަމަށްވެސް އެންޑީއެމްއިން ބުނެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ ހެނދުނު 8 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީވެސް މާލެ ސަރަހައްދަށެވެ. އެގޮތުން މާލެއަށް 134 މިލިލީޓަރުގެ ވާރޭ ވެހުނު އިރު ހުޅުލެއަށް 117 މިލިލީޓަރު އަދި ހުޅުމާލެ އަށް 62 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި އެވެ.
ގުޅުންހުރި

ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
ފަހުގެ

ވާދަވެރި ކުޅުމަކަށްފަހު ލިއޯން ބަލިކޮށް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯފައިފި

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދީއްތާގައި ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

ކެންދޫއާއި ދޮންފަނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި
