
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް މިފަހަރު އާފްޓާރ ސްކޫލްއަށާއި ދަ އައިލެންޑް ފެކްޓަރީއަށް!
# ބީއެމްއެލް--
ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް 2024 ވަނަ އަހަރު ލިބޭ 2 ވިޔަފާރި ހޮވައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ. މި އަހަރު މި ގްރާންޓް ކާމިޔާބުކުރި ދެ ވިޔަފާރިވެރިންނަކީ:
1. ނިޔާފް މުހައްމަދު (ވިޔަފާރީގެ ނަން: ދަ އައިލެންޑް ފެކްޓްރީ)
ރާއްޖޭގައި ތައްޔާރުކުރާ މަހުގެ އުފެއްދުންތަކުގެ ސިނާއަތަށް، ފެންވަރު ރަނގަޅު، އިޖާދީ ލުއި ކާނާ އުފެއްދުމަށް ފެކްޓްރީއެއް ގާއިމްކުރުން
2. މުހައްމަދު ޝާމިން އަލީ (ވިޔަފާރީގެ ނަން: އާފްޓަރ ސްކޫލް)
އަމިއްލަ އަށް ފަރުމާކޮށްގެން ރާއްޖޭގައި ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، މެތަމެޓިކްސް) ކިޓު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން
ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށްވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައެވެ. ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފައެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުނެވެ.
2024 ވަނަ އަހަރަކީ އުފެދެމުން އަންނަ ވިޔަފާރިތަކަށް ޖެހިޖެހިގެން ބޭންކުން ސްޓާޓަޕް ގްރާންޓް ފޯރުކޮށްދޭ ތިންވަނަ އަހަރެވެ.
ގުޅުންހުރި

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް!

ބީއެމްއެލުން ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނޭވެނެ އިންތިޒާމް ހަމަޖައްސައިފި

ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
