logoEN
Sto top
"އަވައްޓެރި ބީޗް ފެސްޓް 2024" ވިލިމާލޭގައި ބާއްވައިފި

"އަވައްޓެރި ބީޗް ފެސްޓް 2024" ވިލިމާލޭގައި ބާއްވައިފި

އަހުމަދު ޝުރާއު

logo

12/14/2024, 2:50:16 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިލިމާލެ ޕޮލިހާއި ލިކުއިޑް ވޯޓަރ ސްޕޯޓްސްއިން އިސްނަގައިގެން ވިލިމާލޭގެ ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަވައްޓެރި ފުލުހުންގެ ދަށުން ހިންގާ ވިލިމާލެ ޖޮއިންޓް އޭޖެންސީ ގްރުޕް ގުޅިގެން ވިލިމާލޭގައި "އަވައްޓެރި ބީޗް ފެސްޓް 2024" ގެ ނަމުގައި ވިލިމާލޭގައި ދިރިއުޅޭ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

Wamco

މި ހަރަކާތަކީ ރައްޔިތުންނާއި ފުލުހުން ގުޅުން ބަދަހިކޮށް ވީހާވެސް ގާތުން މަސައްކަތްކުރުމަށް މަގުފަހިކުރުމުގެ އިތުރުން ވިލިމާލޭގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތަކެވެ. މިއަދު ހެނދުނު 07:00 އިން 11:00 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި މުނިފޫހިފިލުވުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އާންމުންނާ ގުޅުން ބަދަހިކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި މިފަދަ އިވެންޓުތަކުން ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައު އިތުރަށް ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް މަގުފަހިވެގެންދާކަމަށް ވިދާޅުވިއެވެ. އަދި މި ހަރަކާތަށް ވިލިމާލެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ތަރުހީބަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.

އިވެންޓުގައި ތަފާތު އުމުރުފުރާތަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ ތެރޭގައި ކަޔަކިންގ، ވޮލީބޯޅަ މެޗުތައް، ކުޑަކުދިންގެ ވާދަމާ މުބާރާތް، އަލިފާނުގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން، އަދި ކުޑަކުދިންގެ އާޓް މުބާރާތްތަކާއި އެހެނިހެން މޫދު ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަމާއި، ސައިބަރ ކްރައިމް އާއި ކުޑަކުދިންނާ ގުޅުންހުރި މައުލޫމާތާއި، ފުލުހުން ފޯރުކޮށްދޭ އެހެނިހެން މުހިންމު ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތުގައި 800 އަށްވުރެ ގިނަ ތުއްތު ކުދިން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދެއްވާފައިވަނީ ބައިވެރިވި ތުއްތު ކުދިންގެ ބެލެނިވެރިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside