
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓްއެއް ދަނީ ހަދަމުން - އެންޑީއެމްއޭ
# އެންޑީއެމްއޭހައުސިންގ މިނިސްޓްރީ ހުންނަ ކޮށީގައި އަލިފާން ރޯވުން:- ގާފު ފޮޓޯ | ނަޑޭ އާޓިސްޓު
މިއަދު ހައުސިންގ މިނިސްޓްރީ ހުންނަ ކޮށީގައި ރޯވި ބޮޑު އަލިފާންގަނޑާއި އެކު އެސަރަހައްދުގައި ހުރި އިމރާރްރަކުގެ ރެޕިޑް އެސެސްމެންޓެއް ހަދަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދި އެން.ޑީ.އެމް.އޭއަށް ގުޅާފައިވާ ކަމަށާއި އަދި މިފަރާތްތަކުގެ ރަޖިސްޓްރޭޝަން ވަނީ ހެދިފައި ކަމަށެވެ.
އަދި މިފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް ސެންޓަރުގައި ހެދިފައިވާ އިވޭކުއޭޝަން ސަންޓަރު ވަނީ ތައްޔާރުކުރެވިފައި ކަމަށާއި ނަމަވެސް އާއިލާތައް އެދުމުގެ މަތިން ވަގުތީގޮތުން އެފަރާތްތައް ތިމާގެ ގޭގެއަށް ވަނީ ބަދަލުވެފައިކަން އެންޑީއެމްއޭއިން ހާމަކުރެއެވެ.
މީގެ އިތުރުން ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު މިތަންތަނަށް މީހުން ބަދަލުވާން ރައްކާތެރިނަމަ އާއިލާތައް ބަދަލުކުރަން އެހީތެރިކަން ފޯރުކޮށްދޭނެ ކަން އެންޑީއެމްއޭއިން ހާމަކުރެއެވެ.
މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ސިފައިންނާއި އެއާޕޯޓުގެ ފަޔާފައިޓަރުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު އަލިފާންރޯވި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ގޭގެއަށްވެސް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާއިރު ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ވަގުތީ ހިޔާއެއް މިހާރު ސޯޝަލް ސެންޓަރުގައި ވަނީ ގާއިމްކޮށްފައެވެ.
ގުޅުންހުރި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
