logoEN
Sto top
ވިއްސާރާގައި ގެއްލުން ލިބުނު މާލޭގެ ގެތަކުގެ ޑެމޭޖް އެސެސްމަންޓު ފަށައިފި:  މިއަދު  92 ގެއެއްގެ އެސެސްމެންޓު ހެދި!

ވިއްސާރާގައި ގެއްލުން ލިބުނު މާލޭގެ ގެތަކުގެ ޑެމޭޖް އެސެސްމަންޓު ފަށައިފި: މިއަދު 92 ގެއެއްގެ އެސެސްމެންޓު ހެދި!

އަހުމަދު ޝުރާއު

logo

1/5/2025, 1:55:58 PM

# އެންޑީއެމްއޭ

--

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރާގައި ގެއްލުން ލިބުނު ގެތަކުގެ ޑެމޭޖް އެސެސްމެންޓު މިއަދު ފަށައިފި އެވެ.

Wamco

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން މިއަދު ބުނީ 3 ޖަނަވަރީ މާލެއަށް ކުރި ވިއްސާރައާއި ގުޅިގެން ޑެމޭޖް އެސެސްމަން ހަދަން ޖެހޭކަމަށް ފާހަގަ ކުރެވުނު 137 ތަނުގެ ތެރެއިން 92 ގޭގެ އެސެސްމަންޓް ވަނީ ނިމިފައި ކަމަށެވެ. އަދި އެކި ސަބަބުތަކާއި ހެދި ނުނިމި ހުރި 45 ގޭގެ އެސެސްމަންޓް މާދަމާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މި މަސައްކަތުގައި އެންޑީއެމްއޭގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވިލޮޕްމެންޓް އަދި ދިވެހި ރެޑްކްރެސެންޓުން ބައިވެރިވެފައިވެއެވެ.

އެންޑީއެމްއޭއިން ހުކުރު ދުވަހުގެ ރޭ ހާމަކުރި މައުލޫމަތަށް ބަލާއިރު އެއޮތޯރިޓީއަށް ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެތެރެއިން 554 ރިކުއެސްޓައަކީ ވެލިބަސްތާ ޖެހުމަށް އެދި ކުރި ރެކުއެސްޓްކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

ހަމައެއާއި އެކު އެދުވަހު 53 ގެއެއްގެ ރެޕިޑް އެސެސްމެނެްޓް އެއޮތޯރިޓީން ހަދާފައިވާއިރު އޭގެތެރެއިން 36 ގޭބިސީގެ 226 މީހުންނަށްވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ފޯރުކޮށްދީފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކަށް ބަލާއިރު ހުކުރު ދުވަހު މާލެ ސަރަހައްދަށާ 300 މިލިމީޓަރަށްވުރެ ގިނަ ވާރޭ ވަނީ ވެހިފައި އެވެ. އެއީ މާލެ, ހުޅުލެ އަދި ހުޅުމާލެއަށް ވެހުނު ވާރޭގެ ޖުމުލަ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside