
--
ބިގް ބޭންގް ތިއަރީ ނެޓްފްލިކްސްއިން ބަލާ ފޭނުންނަށް ހަަމަޔަގީނުންވެސް 2025 ވަނަ އަހަރުވެގެން ދާނީ ވަރަށް ހިތާމަވެރި އަހަރަަކަށެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގިނަ ގައުމުތަކަށް ނެޓްފްލިކްސްއިން ބިގް ބޭންގް ތިއަރީއެއް ނުފެންނާނެއެވެ. އަދި ބާކީ ހުރި ސަރަހައްދުތަކުގެ ނެޓްފްލިކްސްއިންވެސް އަހަރުގެ ތެރޭގައި ގިނަ ބަޔެއްގެ މެދުގައި މަގްބޫލު މި ސީރީސް ދެއްކުން ހުއްޓާލާނެއެވެ.
ޝޯ އެންމެ ފުރަތަމަ ރިމޫވްކުރާ ސަރަހައްދުތަކުގެ ތެރޭގައި އޭޝިއާގެ ހުރިހާ ސަރަހައްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި މެލޭޝިއާ، ސިންގަޕޫރު، ފިލިޕީންސް އަދި ހޮންކޮންގް ހިމެނެ އެވެ. އެގޮތުން ރިމޫވަލް ނޯޓިސްގައި މިހާރު ބުނެފައި ވަނީ މި ސީރީޒް ބެލޭނެ އެންމެ ފަހު ދުވަހަކީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަސްކަމަށެވެ.
މި ސަރަހައްދުތަކުގެ ނެޓްފްލިކްސް މި ޝޯ ރިމޫވްކުރަނީ މިއަހަރު "ފްރެންޑްސް" ވެސް ރިމޫވްކުރި ސަބަބާ ހުރެއެވެ.
އެއީ އެޗްބޯއޯ މެކްސް އިންމިހާރު މި ސަރަހައްދުތަކަށް މި ޝޯތައް ދައްކަން ފަށާފައިވާތީ އެ މީހުންގެ ވިސްނުމަކީ ނެޓްފްލިކްސް އަށް ލައިސަންސް ދިނުމުގެ ބަދަލުގައި މި ޝޯތައް އެކްސްކްލޫސިވްކޮށް އަމިއްލަ ޕްލެޓްފޯމެއްގައި ބަހައްޓާ ގިނަ މީހުން މެކްސައަށް ސައިން އަޕް ކުރަން ހިތްވަރު ދިނުމެވެ.
މިއީ ބިގް ބޭންގް ތިއަރީ ނެޓްފްލިކްސްއިން އެންމެ ފަހު ފަހަރަށް ބަލާލަން އެންމެ އެކަށީގެންވާ ވަގުތަކީ މިއެވެ.