logoEN
Sto top
އަނިޔާވެރިކަމަކަށް ހިތްވަރުދިނުން ކުށްވެރިކޮށް ފައްޔާޒަށް ފިޔަވަޅު އަޅަން ޕީއެންސީން ގޮވާލައިފި

އަނިޔާވެރިކަމަކަށް ހިތްވަރުދިނުން ކުށްވެރިކޮށް ފައްޔާޒަށް ފިޔަވަޅު އަޅަން ޕީއެންސީން ގޮވާލައިފި

އަހުމަދު ޝުރާއު

logo

12/10/2024, 5:30:39 PM

# ޕީއެންސީ

--

ރާއްޖޭގެ ފުރަތަމަ ރައީސް، ރައީސް މުހައްމަދު އަމީން ދީދީއަށް ހެދިހެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހަދަން ޖެހޭނެ ކަމަށް ބުނި ފަރާތަށް ހިތްވަރު ދިނުން ކުށްވެރިކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ފިޔަވަޅު އެޅުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.

Wamco

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އިސް މެންބަރުންނާއި، ޕާޓީގެ އާއްމު މެންބަރުން ދައްކަމުންދާ ވާހަކަ ކުށްވެރި ކުރާ ކަމަށެވެ. އަދި ރައީސް އަމީނާއި މެދު ކަން ހިނގާދިޔަ ގޮތަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އަނދިރި ސަފްހާއެއް ކަަމަށެވެ. އަދި މިއަދު ގާއިމްކުރެވިފައިވާ ދުސްތޫރީ ނިޒާމްގެ އެންމެ މުހިންމު އެއް ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި ނަފްރަތު ވަނަނުދީ، ސިޔާސީ މަސައްކަތްތައް ޑިމޮކްރެޓިކް ހަމަލާތަކުގެ ތެރެއިން ކުރިއަށްގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށާއި، އެއީ އިހުގައި ދިވެހި ސިޔާސީ މަސްރަހުން ފެނިފައިވާ އަނިޔާވެރި އަމަލުތައް އިއާދަވިޔަނުދިނުމަށް ތަރުތީބު ކުރެވިފައިވާ ނިޒާމެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ނިޒާމުގެ އަސާސްތަކާ ހިލާފަށް އަނިޔާވެރިކަމަށް ހިތްވަރުދީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޕާޓީގެ އާންމު މެންބަރަކު ދެއްކި ވާހަކަ ކުށްވެރިކުރުމުގެ ބަދަލުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ ވާހަކައަށް ހިްތވަރުދީ ވާހަކަ ދެއްކެވުމަކީ ނުރައްކާތެރި އަމަލެއް ކަމަށް ޕީއެންސީން ބުނެއެވެ. މިފަދަ ވާހަކައާ މެދު އަނިޔާވެރި އަމަލުތައް ހިންގުމަށް ބާރުދީޯ ވާހަކަ ދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާނަކޮށްފައިވާ ކުށެއް ކަމަށް ވެސް އެ ޕާޓިން ބުނެއެވެ. އެހެންކަމުން ފައްޔާޒް އާއި އެ އާންމު މެންބަރު ހިންގި މި އަމަލު ތަހުގީގުކޮށް ގާނޫނީ އިމުގެ ތެރެއިން އަލާންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކި އަބްދުއްރަހްމާން އިސްމާއިލް ކިޔާ މީހަކު ވަނީ ރައީސް އަމީނަށް ހެދިގޮތަށް މުއިއްޒުއަށް ހަދަން ޖެހިދާނެ ކަމަށް ބުނެފައެވެ. އެ މީހާ ބުނީ "އަމީން ކުޅުއްވީ ދުންފަތާ" ކަމަށެވެ. އަދި "ރައީސް މުއިއްޒު ކުޅުއްވަނީ ގާނޫނުއަސާސީއާ" ކަމަށެވެ. ގާނޫނު އަސާސީއާ ކުޅޭ ކަމަށްވަންޏާ ރީތި ކެއްސެއް ލިބިގެންދާނެ ކަމަށް އެމީހާ ބުނެފައި ވެއެވެ.

އަމީން ދުންފަތާ ކުޅުނު ކަމުގެ ތުހުމަތު ކޮށް، އޭރު ވެރިކަން ބޭނުން ވެފައި ތިބި ބަޔަކު އަޑީގައި ތިބެ އަމީން ދީދީ ދިނީ ހަވަރަށެވެ. ތަޅާ އަނިޔާކޮށް އަވަހާރަވާން ދޫކޮށްލީ ފަޅުރަށަކަށެވެ.

އެމީހާ ދެއްކި ވާޖަކައާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި އަދި އެމީހާ ދެއކްި ވާހަކަ ކުށްވެރިކޮށް އެތައް ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވެފައި ވަނިކޮށް އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ އެމީހާ ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ. ފައްޔާޒް ވިދާޅުވީ، ރައްޔިތުންނަށް ދެރަ ދިނީމައި ހަދަން ޖެހޭނީ މުހައްމަދު އަމީނަށް ހެދިހެން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް ކަމަށެވެ. ކުޅުދުއްފުށީ ޖަލްސާގައި އެމީހަކު އެހެން ބުނެފައި ވަނީ ރައީސް ޑރ. މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

ޖަލްސާއެއްގައި ޕޯޑިއަމަކަށް އަރާ ހުރެ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ކަންކަން ވެރިންނަށް ހަނދާންކޮށް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. ތާރީހަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަން ހިނގާ ގޮތަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވެފައި ވަނީ، ބަޔަކަށް އަނިޔާވެރި ވެއްޖެއްޔާ އަނިޔާވެރިވާނެ ކަމަށެވެ. ރައްޔިތުންނަށް އަނިޔާވެރި ނުވުމަށާއި އަނިޔާވެރި ވެއްޖެ ނަމަ ތާރީހުގެ ފޮތްތަކުން ރައްޔިތުން ކުޅޭނެ ކަމަށެވެ.

ފައްޔާޒް މިފަދައިން ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ. އެ ގޮތުން އަމީންދީދީގެ ކާފަދަރިކަނބަލުން އަދި ރާއްޖެއިން ޔޫކޭއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ވިދާޅުވެފައި ވަނީ، އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، އަދި މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑްތޯ އައްސަވާ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ވަރަށް ފުޅާކޮށް ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްގެއް ނަމަވެސް އެ ހައްގުގެ ބޭނުން ކުރަން ވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކާގެ ހައްގުތަކަށް އިހްތިރާމް ކުޑަ ނުވާނެ ގޮތަކަށް ކަމަށެވެ. ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި ސޯޝަލް މީޑިއާގައި ޒަރިއްޔާއިން ފާޅުކުރާ ހިޔާލުތަކުގައި މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖްތަމައުގެ ހަމަޖެހުމާއި މުޖްތަމައުގެ މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރާ ހިޔާލުތަކަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside