-1733633640993.webp&w=3840&q=75)
--
ބ އަދި ޅ އަތޮޅުގެ ސްކޫލުތަކުގެ އިސްވެރީންނަށް ލީޑަރޝިޕް އެންހޭންސްމެންޓް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް އޭދަފުށީ ސްކޫލުގައި ކުރިއަށްދާ މި ވޯކްޝޮޕްގައި މި ދެ އަތޮޅުގެ 16 ސްކޫލަކުން ޕްރިންސިޕަލުންނާއި ލީޑިންގ ޓިޗަރުން ހިމެނޭހެން ޖުމްލަ 49ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވަނީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ޕްރަސާދު ސެތުންގާ އެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށް، އެކަންކަމަށް އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، މި ވޯކްޝޮޕްގެ ސަބަބުން ބައިވެރިންގެ މެދުގައި ރަނގަޅު ނެޓްވޯކެއް އުފެދި، ކުރިމަގުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، މަޢުލޫމާތު ޙިއްޞާކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ސިލްސިލާގެ ވޯކްޝޮޕްތައް މިހާތަނަށް ވަނީ ގދ، ގއ، ކ، މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގެ އިތުރުން އއ، ވ، މ، ފ، ދ އަދި ރ އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފައެވެ.
ގުޅުންހުރި

ކިޔަވައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދޭނެ - ޝަފީއު

އާ އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމް މިއަހަރުގެ ތެރޭގައި ރޯލްއައުޓް ކުރަން ފަށަނީ

18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތަށް ނިންމުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކައަށް!
