
އިކޮލޮޖިކަލް ބޭސްލައިން ދިރާސާގެ ހޯދުންތައް ހިއްސާކޮށްފި
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ--
އެންދެރި މަޝްރޫޢުގެ ދަށުން ލާމު އަތޮޅުގެ ތިމާވެށީގެ ގޮތުން ހާއްޞަ ސިފަތައް ލިބިފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް ހަދާފައި އިކޮލޮޖިކަލް ބޭސްލައިން ދިރާސާގެ ހޯދުންތައް މަސްލަހަތުވެރިންނަށް ހުށަހެޅުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މޯލްޑިވްސް ރެޒިލިއަންޓް ރީފްސްއާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ މި މަސައްކަތުގައި ފޮނަދޫ ޑައިވް ޕޮއިންޓް، އިސްދޫ މުލި، މަތިގުޅި ސަރަހައްދު، މުންޑޫ ކަނޑުއޮޅި، ރީތި ހާ އަދި ހުދުފަރު ސަރަހައްދުގައި ދިރާސާތައް ކޮށްފައިވެއެވެ.
މި ދިރާސާ ތަކުގައި މި ސަރަހައްދުތަކުގެ މުރަކަ ފަރުތަކާ، މޫދުވިނައާއި، ގަސްގަހާގެހީގެ މިންވަރާއި، ފެނުގެ ސާފުކަން ދެނެގަނެވިފައިވެއެވެ.
މި ބައްދަލުވުމުގައި ލާމު އަތޮޅުގެ ރަށްތަކުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ގަން އަދި ފޮނަދޫގައި ހިންގާ އެންޖީއޯސްގެ އިތުރުން އެމްއެންޔޫ ގަން ކެމްޕަސްގައި އެންދެރި ސްކޮލަރޝިޕްގެ ދަށުން ތިމާވެށި ބެލެއްހެއްޓުމުގެ ސެޓްފިކެޓް ކޯސް ހެދި ދަރިވަރުންވެސް ބައިވެރިވިއެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މި ހިނގާ ޖޫން މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް!

ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ދެމެހެއްޓެނިވި ގޮތެއްގައި ރަށްގިރުން ހުއްޓުވުމަށް ތަމްރީނު ލިބުނު ފަރާތްތަކުން އެކްޝަން ޕްލޭން ހިއްސާކޮށްފި
.webp&w=3840&q=75)