
ފީފާ ކުލަބު ވޯލްޑްކަޕް 2025: ރެއާލް މެޑްރިޑާއި އަލް ހިލާލް އެއްގުރޫޕެއްގައި
# ފީފާ ކުލަބު ވޯލްޑްކަޕް 2025# ބޭރު ދުނިޔޭގެ ކުޅިވަރުބްރެޒިލްގެ ރޮނާލްޑޯ (ކ) ފީފާގެ ރައީސްއާއެކު ކުލަބު ވޯލްޑްކަޕްގެ އައު ޓްރޮފީ ދައްކާލަނީ
އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑްކަޕްގެ ގުރުލުން ރޭ ބޭއްވިއިރު، ޔޫރަޕްގެ ޗެންޕިއަން ރެއާލް މެޑްރިޑާއި އޭޝިއާގެ އެންމެ ކާމިޔާބު އެއްކުލަބު އަލް ހިލާލް އެއްގްރޫޕެއްގައި ލައްވާލައިފިއެވެ.

32 ޓީމު ބައިވެރިކޮށްގެން ބާއްވާ ފުރަތަމަ ކުލަބު ވޯލްޑްކަޕްގައި ރެއާލް މެޑްރިޑާއި އެކު ގުރޫޕް އެޗުގައި އަލް ހިލާލްގެ އިތުރުން ދެން ހިމެނެނީ ޕަޝޫކާ އަދި ސަލްޒްބާރގް އެވެ.
މީގެ އިތުރުން ކުލަބު ވޯލްޑްކަޕްގެ އެންމެ ފަހުގެ ޗެންޕިއަނަ މެންޗެސްޓާ ސިޓީ ލައްވާލީ އިޓަލީގެ ޔުވެންޓަސް އާއި މޮރޮކޯގެ ކްލަބް ވައިދާދްގެ އިތުރުން އޭއެފްސީ ޗެންޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެންޕިއަން ޔޫއޭއީގެ އަލް އައިން އާއެކު ގުރޫޕް ޖީގައެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު ކްލަބް ވޯލްޑްކަޕްގެ ޗެންޕިއަން ޗެލްސީ ހިމެނޭ ގްރޫޕް ޑީގައި ހިމެނެނީ ބްރެޒިލްގެ ފްލެމެންގޯއާއި މެކްސިކޯގެ ކްލަބް ލިއޯންއާއި ޓިއުނީޝިއާގެ އެސްޕަރެންސޭ ސްޕޯޓިވް ޑި ޓޫނީސީއެވެ. އަދި ފްރާންސްގެ ޕީއެސްޖީ ހިމެނުނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއިއެކު ގުރޫޕް ބީގައެވެ.
ކްލަބް ވޯލްޑްކަޕް 2025 ގައި ގްރޫޕްތައް ބެހިފައިވާ ގޮތް:
ގްރޫޕް އޭ: ޕަލްމީރިއާސް، އެފްސީ ޕޯޓޯ، އަލް އަހްލީ، އިންޓަރ މިއާމީ
ގްރޫޕް ބީ: ޕީއެސްޖީ، އެތްލެޓިކޯ މެޑްރިޑް، ބޮޓަފޯގޯ، ސީޓްލް ސައުންޑާރސް
ގްރޫޕް ސީ: ބަޔާން މިޔުނިކް، އޮކްލޭންޑް ސިޓީ، ބޮކަޖޫނިއަސް، ބެންފިކާ
ގްރޫޕް ޑީ: ފްލެމެންގޯ، އެސްޕެރެންސޭ ސްޕޯޓިވް ޑި ޓިޔުނީސީ، ޗެލްސީ، ކްލަބް ލިއޯން
ގްރޫޕް އީ: ރިވަ ޕްލޭޓް، އުރްވާ ރެޑް ޑައިމަންޑްސް، މޮންޓެރޭ، އިންޓަރ މިލާން
ގްރޫޕް އެފް: ފްލެމިނެންސޭ، ބޮރޫޝިއާ ޑޯޓްމަންޑް، އުލްސަން، ޟަމެލޯޑީ ސަންޑައުންސް
ގްރޫޕް ޖީ: މެންޗެސްޓަރ ސިޓީ، ވީދާދް، އަލް އައިން، ޔުވެންޓަސް
ގްރޫޕް އެޗް: ރެއާލް މެޑްރިޑް، އަލް ހިލާލް، ޕަޝޫކާ، ސަލްޒްބާރގް
13 ޖޫން 2025 އިން 13 ޖުލައި 2025 ގެ ނިޔަލަށް އެމެރިކާގައި ބާއްވާ މިމުބާރާތުގައި ޖުމްލަ 32 ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ،ބައިވެރިވި 32 ޓީމު އަށް ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބިގެންދާނެއެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެލަނޑާއެކު ސިޓން ވިދާދް ބަލިކޮށްފި

ކުލަބު ވޯލްޑްކަޕް: މޮންޓެރޭއިން އިންޓަ މިލާން މޮޅުވިޔަނުދީ ހިފަހައްޓައިފި

ކުލަބު ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ރިވަ ޕްލޭޓުން އުރަވާ ރެޑްސް ބަލިކޮށްފި
