ފުވައްމުލަކު ސިޓީގެ ގެެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް!
އަހުމަދު ޝުރާއު
12/4/2024, 5:48:10 AM
--
ފުވައްމުލަކު ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ
ސިފައިން މިއަދު ބުނީ އެސިޓީގެ "ޝިވާ" ގޭގައި ރޯވި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ސިފައިންނަށް ލިބުނީ ރޭ 22:05 ހާއިރު ކަމަށެވެ.
މިއާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 22:40 ހާއިރު ކަމަށް ސިފައިން ބުނެއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮނދަޑިއެއްގައެވެ. ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދީން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް އެކުދީންނަށް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާ ކަމަށް ސިފައިން ބުނެއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖެންމެންޓު އޮތީރިޓީން މިއަދު ބުނީ ރޭގެ ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި ހާލުގައި ޖެހުނު ފަރާތްތައް ވަނީ ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައި ކަމަށެވެ.