
ބަލިމީހަކަށް ދިން އެހީގެ މައުލޫމާތު އާންމުކުރެވުމާއި ގުޅިގެން އެންސްޕާއިން މާފަށް އެދިއްޖެ
# އެންސްޕާ--
ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ބަލި މީހަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދިން އެހީގެ ތަފްސީލް ހާމަކޮށް ބަޔާނެއް ނެރެވުމާއި ގުޅިގެން އެކަމަށް އެއޭޖެންސީން މާފަށް އެދިއްޖެ އެވެ.

ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެންސްޕާއިން އެހީގެ ގޮތުގައި މީގެ ކުރިން 1000 ޑޮލަރު ހަމަޖައްސައިދޭ ކަމަށާއި މިފަހުން އެހީއަށް އެދުމުން އެންސްޕާއިން ދިނީ 3048 ރުފިޔާ ކަަމަށްބުނެ އާންމުންގެ މީހަކު މީސް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި އެންސްޕާއިން ވަނީ ބަޔާނެއް ނެރެ ބަލި މީހާއަށް ދިން އެހީގެ ތަފްސީލް ހާމަކޮށްފައެވެ.
އެންސްޕާއިން ބުނި ގޮތުގައި، އެ ބަލިމީހާއަށް އާސަންދަ އަދި ވެލްފެއާގެ އެހީއަށް އެދި ހުށަހެޅިކަމަށް ލިޔެކިޔުމުންނާއި ސިސްޓަމުން ފެންނަން އޮތީ ޖުމްލަ ނުވަ ފަހަރުކަމަށާއި މި ހުރިހާ ކޭހަކަށް އެހީ ހަމަޖައްސައިދީފައި ވާކަން ލިޔެކިޔުމުންނާއި ސިސްޓަމުން ފެންނަން އެބަ އޮތް ކަމަށެެވެ. އަދި އެހީގެ ތަފްސީލާއި އެހީ ދިން ދުވަހުގެ ތާރީހުތައްވެސް އެބަޔާނުގައި އެންސްޕާއިން ވަނީ ހިމަނައި އާންމުކޮށް ޝާއިއުކޮށްފައެވެ.
އެބަޔާނަށް 24 ގަޑިއިރުވި ފަހުން މިރޭ އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނީ އެބަޔާނަކީ އެއޭޖެންސީން ބަލިމީހަކަށް އެހީ ނުދިންކަމަށްބުނެ މީސް މީޑިއާގައި ދޮގު މައުލޫމާތު ފަތުރާ އެ އޭޖެންސީ ބަދުނާމު ވާގޮތަށް ފެތުރެމުން ދިޔަ ވާހަކަތާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތުގެ ތަފްސީލް ހާމަކުރުމަށް ނެރުނު ބަޔާނެއް ކަމަށެވެ.
އެބަޔާނުގައި ބަލިމީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތް ނަމަވެސް ބަލިމީހާއަށް ދިން އެހީގެ މައުލޫމާތު ހިމެނިފައި ވާތީ އާއި އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވުމާއި އެކު އެފަދަ މައުލޫމާތެއް ހިމެނިފައިވާތީ އެކަމަށް މާފަށް އެދޭ ކަމަށް މިރޭ ނެރުނު ބަޔާނުގައި ބުނެފައި އެވެ/
ގުޅުންހުރި

ބަލިމީހަކަށް ދިން އެހީގެ މައުލޫމާތު އާންމުކުރެވުމާއި ގުޅިގެން އެންސްޕާއިން މާފަށް އެދިއްޖެ

އޮފީސް އިމާރާތް ހޯދަން ހެދި އެއްބަސްވުން ބާތިލްކުރަން އެންސްޕާއިން ނިންމައިފި

އެންސްޕާއާ ގުޅުވާ ފަތުރަނީ ދޮގެއް: ތުހުމަތުތައް ބަލައިދިނުމަށް އެންސްޕާއިން އަމިއްލައަށް އޭސީސީއަށް!
