ސްޓެލްކޯއިން އެމްއެންޑީއެފްއަށް ޑީޕް ޓްރެކަރއަކާއި ޑްރޯނެއް ހަދިޔާކޮށްފި
އަހުމަދު ޝުރާއު
12/2/2024, 12:36:13 PM
--
ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމުގައިވާ ޑީޕް ޓްރެކަރއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި އެވެ.
މި ޑީޕް ޓްރެކަރއާއި ޑްރޯން ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކުރައްވާފައިވަނީ މިއަދު މިކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެގޮތުން، އެ ވަސީލަތްތައް ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޙުސައިން ފަޙުމީއެވެ. އަދި އެމްއެންޑީއެފްގެ
ސްޓެލްކޯއިން ބުނީ މިއަދު އެ ކުންފުނިން އެމްއެންޑީއެފްއަށް ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުން ކުރެވޭ ޑްރޯން އަކީ ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯން އެއް ކަމަށެވެ. އަދި ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާރމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލްކަން ލިބިފައިވާ ވަސީލަތެއް ކަމަށެވެ.
މި ވަސީލަތްތައް ހަދިޔާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.