logoEN
Sto top
އުތުރުތިލަފަޅުގައި ހިންގުމަށް ނިންމި ދަނޑުވެރިކަމުގެ މަޝްރޫއު ރަސްމާލެ އަށް ބަދަލުކޮށްފި

އުތުރުތިލަފަޅުގައި ހިންގުމަށް ނިންމި ދަނޑުވެރިކަމުގެ މަޝްރޫއު ރަސްމާލެ އަށް ބަދަލުކޮށްފި

އަހުމަދު ޝުރާއު

logo

12/2/2024, 9:04:03 AM

# ރަސްމާލެ

--

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އުތުރުތިލަފަޅުގައި ގާއިމް ކުރަން ނިންމި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއު، ފުށިދިއްގަރު ފަޅު (ރަސްމާލެ) އަށް ބަދަލުކޮށްފިއެވެ.

Wamco

އެ މަޝްރޫއު ހިންގަން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން )އެމްއައިޑީ) އިން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި އެވެ. ނަމަވެސް މިހާރު އެ މަޝްރޫއު ފުށިދިއްގަރު ފަޅުގައި ކުރިއަށް ގެންދަން ވަނީ ރަސްމީކޮށް ނިންމައިފަ އެވެ. އެހެންވެ އެކަމަށް ބޭނުންވާ ފީސިބިލިޓީ އާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމަންޓް އީއައިއޭ) ގެ އިތުރުން މަޝްރޫއު އޮތީ ޕްލޭނިން މަރުހަލާގަ އެވެ.

އެސްޓީއޯގެ އިސް އޮފިޝަލަކު ވިދާޅުވީ، ކާބޯތަކެތީގެ ޑިމާންޑް މާލެ ސަރަހައްދުގައި ބޮޑަށް އޮތްއިރު، ސަޕްލައިއަށްވެސް ބަލައި، އެ މަޝްރޫއު ކުރިއަށް ގެންދަން އެންމެ އެކަށީގެންވާ ތަނަކީ މާލެ ސަރަހައްދުގައި ކަމަށާއި ފަޅެއް ހިއްކައިގެން މަޝްރޫއުގެ ހިންގަނީ ރަށަކަށްވުރެ ބޮޑު ސަރަހައްދެއްގައި އެ މަޝްރޫއު ގެންދަން ބޭނުންވާނެތީ ކަމަށެވެ. އެހެން ކަމުން މި މަޝްރޫއު ދެން ކުރިޔަށް ގެންދާނީ ރަސްމާލޭގައި ކަމަށާއި ވީ އެންމެ އަވަހަކަށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

އެމްއައިޑީން މީގެ ކުރިން ހާމަކުރި ގޮތުގައި ޗައިނާއާއި އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިގުތިސޯދު ސިންދަފާތު ކުރުމަށާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.

ފުށިދިއްގަރުފަޅަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ރަސްމާލެގެ ނަމުގައި އާ ސިޓީއެއް ތަރައްގީކުރަން ހިއްކާ ފަޅެކެވެ. އަދި އުތުރުތިލަފަޅަކީ ސިފައިންގެ ޑޮކްޔާޑްގެ ބިޔަ މަޝްރޫއުއެއް އިންޑިއާގެ އެހީގައި މިހާރު ކުރިޔަށްދާ ފަޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside