logoEN
cocacola
ސެމިނާއެއްގައި ބައިވެރިވުމަށް 15 ފުލުހަކު ޗައިނާއަށް!

ސެމިނާއެއްގައި ބައިވެރިވުމަށް 15 ފުލުހަކު ޗައިނާއަށް!

އަހުމަދު ޝުރާއު

logo

12/1/2024, 9:48:55 AM

# ދިވެހި ފުލުހުންގެ ޙިދުމަތް# ރާއްޖެ - ޗައިނާ

--

ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން އިންތިޒާމުކޮށްގެން ހިންގާ "ސެމިނަރ ފޯރ އިންޓަރމީޑިއެޓް އެންޑް ސީނިއަރ ޕޮލިސް އޮފިސަރސް" ގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ 15 އޮފިސަރުން އިއްޔެ ޗައިނާއަށް ފުރައިފިއެވެ.

ގޮސިޔާ

މި ސެމިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ހައިނަން ޕްރޮވިންސްގެ ހައިކޫގައެވެ. ސެމިނަރ ކުރިއަށްދާނީ 1 ޑިސެމްބަރ 2024 އިން 14 ޑިސެމްބަރ 2024 އަށް، ޖުމްލަ 14 ދުވަހުގެ މުއްދަތަށެވެ.

މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސަޢީދު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމް އާއި ނަސްރުﷲ ޖަލީލުގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 12 ފުލުހުންނެވެ.

މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ގާނޫނީ ވިސްނުންފުޅުތަކާއި،ޗައިނާގެ ފުލުހުންގެ ސްޓްރެޓެޖީ، ފުލުހުންގެ ލީޑަރޝިޕް، ފްރޯޑް ހުއްޓުވުން، ކޮމިއުނިޓީ ޕޮލިސިންގ ނިޒާމު އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެއެވެ. މީގެ އިތުރުން، މައްސަލަތައް ތަހުގީގު ކުރުމާއި، ކެލިގްރަފީ އަދި ސްވޮޓް ޓެކްޓިކްސްއާއި ތާއި ޖީ (ސެލްފް ޑިފެންސް) އާ ގުޅޭ އަމަލީ ތަމްރީނުތައްވެސް މި ސެމިނަރގައި ހިމެނެއެވެ.

މި ސެމިނަރގައި ބައިވެރިވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް ޗައިނާގެ ފުލުހުންގެ ތަޖުރިބާއިން އުނގެނި، އަދި ދެ ޤައުމުގެ ފުލުހުންނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިއްމު ފުރުސަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ