ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ ރަމީލާ އިސްތިޢުފާދެއްވައިފި
އަހުމަދު ޝުރާއު
12/1/2024, 6:09:59 AM
--
ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން އިސްތިޢުފާ ދެއްވައިފި އެވެ.
މިކާން ދާދި ދެންމެ އަކު ހާމަކުރެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު ނެރުއްވި ބަޔާނެއްގައި އެވެ.
އެގޮތުން ރައީސްގެ ބަޔާނުގައި ވިދާޅުވީ ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އެކަމަނާގެ އިސްތިއުފާ ޤަބޫލުކުރައްވާފައިވާ ކަމަށެވެ.
އަދި ޑރ ޢާއިޝަތު ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށްވެސް ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.
އަދި ޑރ ޢާއިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ޔަގީންކުރައްވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މީގެ ކުރިން ޑރ ރަމީލާ ވަނީ ކެންސަރުގެ އާލަސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އިންޑިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި އެވެ. އެދުވަސްވަރު މިނިސްޓްރީގެ ކަންކަން ބައްލަވަމުން ގެންދެވީ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން އެވެ.