![ސްޓޭޓް މިނިސްޓަރު ނިހާދު ސަސްޕެންޑްކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2FGfgGQcAa4AA55MP.jpeg&w=3840&q=75)
--
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު މަގާމުން ސަސްޕެންޑްކޮށްފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ސަރުކާރުގެ އިސް އޮފިޝަލަކު މިކަން މި ނޫހަށް ދާދި ދެންމެ އަކު ވަނީ ކަށަވަރުކޮށްދީފައި އެވެ.
އެގޮތުން ނިހާދު ސަސްޕެންޑުކޮށްފައިމިވަނީ ރޭ ވެރިކަން ކުރާ ޕީއެންސީއިން ބޭއްްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން "ޓޫރިޒަމް ފުނޑާލަން" އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ. ނިހާދުގެ މި ތުހުމަތުތަކާއި އެކު މިއީ ފަތުރުވެރިކަމަށް އޭގެ ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށް ބުނެ ގިޔަ ބަޔަކު އަންނަނީ މީސް މީޑިއާގައި ނިހާދު އަށް ފާޑުކިޔަމުންނެވެ.
އަދި މިއަދު އެމްޑީޕީންވެސް ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައި އެވެ. އެމްޑީޕީގެ ބަޔާނުގައި ބުނީ ނިހާދު ކުރެއްވި ތުހުމަތުތަކަކީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވައިގެން ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށްވެސް އެޕާޓީން ވަނީ ގޮވާލާފައި އެވެ.
ނިހާދު ކުރެއްވި ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެމްޑީޕީން ބުނީ ވެރިކަން ކުރާ ޕާޓީން އެފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ދެކޭ ކަމަށެވެ.