logoEN
Sto top
ސަރުކާރަށް ފާޑުކިޔުން ކުށަކަށް ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަވުންދާތީ ކަންބޮޑުވޭ - ސޯލިހް

ސަރުކާރަށް ފާޑުކިޔުން ކުށަކަށް ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަވުންދާތީ ކަންބޮޑުވޭ - ސޯލިހް

އަހުމަދު ޝުރާއު

logo

11/30/2024, 4:28:04 PM

# ރައީސް ސޯލިހު

--

ސަރުކާރަށް ފާޑުކިޔުން ކުށަކަށް ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަވުންދާ މަންޒަރު ފެންނަން ފަށާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Wamco

ސޯލިހް މިފަދައިން ވިދާޅުވީ އެމްޑީޕީގެ އިސް އެކްޓިވިސްޓަކު އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވުމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވާފައިވަނީ އެމްޑީޕީގެ ހަރަކާތްތަކުގެ އިސްކޮށް އުޅޭ ހުސެއިން ޝާފިއު އަށެވެ. ޝާފިއު އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާގެ އެކްސް ހޭންޑަލްއިން ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭގޮތަށް ޕޯސްޓުކޮށްފައިވާ މައްސަލައާއި ގުޅިގެން ސުވާލުކުރުމަށް ފުލުހަށް ހާޒިރުވުމަށެވެ.

މިއާއި އެކު އެމްޑީޕީގެ ލީޑަރޝިޕުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އެޕާޓީގެ އިސް އެޑްވައިޒަރު އަދި ރާއްޖޭގެ ކުރީގެ ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އަދި ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތްކުރުމަކީ ކަންބޮޑުވާކަމެއް ކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.

ސޯލިހުގެ އިތުރުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ މިއަދު އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފައްޔާޒްވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށާއި އަދި ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށެވެ. ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ ކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ ކަމަށާއި މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside