
ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ މިނިސްޓަރު ތޯރިގުގެ އަރިހަށް!
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ--
ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ މިސް ހަނާން ސުލައިމާން މިއަދު މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ އޮނަރަބްލް ޠާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.

އެންވަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކޮށްފައިވަނީ ތިމާވެށި އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަންހަޖު މުރާޖަޢާކުރުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.
އެގޮތުން މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު ކަން ފާހަގަކުރައްވައި ރާއްޖެއިން ބޭނުންވަނީ ޒުވާނުން މިކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ތަން ދެކެންކަމަށް ވިދާޅުވިއެވެ.
ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ މިސް ހަނާން ސުލައިމާން ވިދާޅުވީ ކުޑަކުދިންނާއި ޒުވާނުންނަށް ތިމާވެށީގެ މައްސަލަތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި މިގޮތުން މަންހަޖު މުރާޖަޢާކުރުމާއި މުދައްރިސުންނަށް ތަމްރީނު ދިނުމަކީ އެޖަމިއްުޔާއިން އިސްކަންދޭ ކަންތައްތައް ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން އެއްބަސްވެވަޑައިގަތީ ކުރިއަށް އޮތްތަނުގައި މިދެންނެވި ދާއިރާތަކުން އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުމަށެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މި ހިނގާ ޖޫން މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް!

ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ދެމެހެއްޓެނިވި ގޮތެއްގައި ރަށްގިރުން ހުއްޓުވުމަށް ތަމްރީނު ލިބުނު ފަރާތްތަކުން އެކްޝަން ޕްލޭން ހިއްސާކޮށްފި
.webp&w=3840&q=75)