
ޔުނެސްކޯގެ ސިޑްސް ޑައިލޮގްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ--
ޔުނެސްކޯއިން އިންތިޒާމުކޮށްގެން ބޭއްވި "ތާޑް ހައި-ލެވެލް ގްލޯބަލް ޑައިލޮގް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)" ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި ބައްދަލުވުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާއި ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މީގެ ތެރޭގައި ފެނުގެ ދަތިކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ފަރާތުން މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަލީ ފާރިސް ޔޫސުފް ވަނީ ބަޔާނެއް އިއްވަވާފައެވެ. ސްޓޭޓް މިނިސްޓަރ އަލީ ފާރިސް ޔޫސުފް އޭނާގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ފެނުގެ ރައްކާތެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ މަންޗެއްގައި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުމަކީ އުފާކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އެހެން ޤައުމުތަކުގެ ބޭފުޅުންނާއެކު ދިވެހިރާއްޖެއިން ވަނީ ތަޖުރިބާތައް ހިއްސާކޮށް، ކުރިމަގުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްފައެވެ. މި ބައްދަލުވުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ރާއްޖޭގެ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މި ހިނގާ ޖޫން މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް!

ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ދެމެހެއްޓެނިވި ގޮތެއްގައި ރަށްގިރުން ހުއްޓުވުމަށް ތަމްރީނު ލިބުނު ފަރާތްތަކުން އެކްޝަން ޕްލޭން ހިއްސާކޮށްފި
.webp&w=3840&q=75)