
--
ދ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުތަކުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީއިން ބުނެފި އެވެ.

އާރްޑީސީއިން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އާރްޑީސީއިން ބުނީ އެމަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ދޮށިމޭނާ މަގުގައި ބެކްފިލިންގ އަދި ލެވެލިންގ ގެ މަސައްކަތް ކަމަށެވެ.
އަދި ސިއްތިމާވަރަނި ހިނގުމުގައި ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ވެސް ކުރަމުންދާކަން ވަނީ ހާމަކޮށްފައެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.
ގުޅުންހުރި

މަނަދޫއާއި ކެނދިކުޅުދޫގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެރަށްތަކަށް!

ހިންނަވަރާއި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި
