
--
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެބްރުއަރީ އިންޓޭކް 2025ގައި ތަފާތު އެތަށް ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އަމާޒުކޮށް، އެމްއެންޔޫ އިން ވަނީ ސަތޭކަވިއްސަށްވުރެ ގިނަ ކޯސްތަކެއް އެކުލަވައިލައިފައެވެ.
އެގޮތުން، ނާސިންގ، ޓުއަރިޒަމް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ އެންޑް ފައިނޭންސް، ހޯޓިކަލްޗަރ، ކޮމްޕިއުޓަރ ސައިންސް، ބަޔޮލޮޖީ، އާޓިޓެކްޗަރަލް ޑިޒައިން، ޕޮލިޓިކަލް އެފެއަރސް އެންޑް އިންޓަރނޭޝަނަލް އެފެއަރސް، މެރިން އޮޕެރޭޝަންސް، މެރިން ސައިންސް ފަދަ ތަފާތު ދާއިރާތަކުން ކުރިއަށްދިޔުމުގެ ފުރުޞަތު އެމްއެންޔޫ އިން ވަނީ ހުޅުވާލެވިފައެވެ.
ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތަށް ހިމެނޭހެން ހުޅުވާލެވިފައިވާ މި ކޯސްތަކާއި ގުޅޭ އިތުރު މަޢުލުމާތު އެމްއެންޔޫގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ. https://mnu.edu.mv/
މި ކޯސްތަކަށް އޮންލައިންކޮށް ހުށަހެޅުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅޭނެއެވެ.