
--
ށ ކަނޑިތީމުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށުގައި އިތުރު ޖެނެސެޓެއް ފެނަކަ ކޯޕަރޭޝަނުން އިންސްޓްލޯކޮށްފި އެވެ.

ފެނަކައިން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ށ ކަނޑިތީމުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށް އިތުރު ޖެނެސެޓެއް ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން އެރަށުޔގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށަށް ގެންދެވުނު 600 ކިލޯވޯޓްގެ ޖެންސެޓް މިހާރު އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުންކުރަން ފަށާފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި, ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގިނަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ނިންމުމަށް ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްއާއި ހަވާލުކޮށްފި

ހަތަރު ރަށެއްގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން އައު ޖެނެރޭޓަރުތަކެއް ގެނެސްފި

.gif&w=3840&q=75)



