-1791113559823.jpeg?w=3840&q=75)






.jpg?w=3840&q=75)

--
އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކަތަ" ގެ 7 ވަނަ ސިލްސިލާ، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އެކްސަސައިޒް ނިންމުމުގެ ގޮތުން ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އޮކްޓޫބަރު 28 އިން ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ހިންގި އެކްސަސައިޒްގައި އިންޑިއަން ނޭވީ، މެރިން ކޮމާންޑޯއާއި އެމްއެންޑީއެފް މެރިން ކޯރ، ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސް ބައިވެރިވިއެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކޮށްފައި ވަނީ ޓެކްޓިކަލް ޑައިވިން، ފަޔަރިން، ސްލިދަރިން އަދި ބޯޑިން ހުނަރުތަކެވެ.
"އެކްސަސައިޒް އެކަތަ" ގެ 7 ވަނަ ސިލްސިލާ، ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނު މަހާވަރްއާއި، އެމްއެންޑީއެފް ނޮަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފްއާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.



.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)



