logoEN
Sto top
ރާއްޖޭގައި ޒަކާތާއި ގުޅޭ ބައިނަލަގްވާމީ މަހާސިންތާއެއް ބާއްވަނީ

ރާއްޖޭގައި ޒަކާތާއި ގުޅޭ ބައިނަލަގްވާމީ މަހާސިންތާއެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

11/21/2024, 9:02:53 AM

# މޯލްޑިވްސް ޒަކާތު ހައުސް

--

ޒަކާތާއި ގުޅޭ ބައިނަލަގްވާމީ މަހާސިންތާއެއް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އާއި ރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން ބާއްވާ މި މަހާސިންތާއަކީ ބައިނަލަގްވާމީ ޒަކާތު މަހާސިންތާ ނުވަތަ އިންޒެކް 2024 ގެ ނަމުގައި ބާއްވާ މަހާސިންތާއެކެވެ.

މި މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ މި މަހާސިންތާއަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތުގެ މަންފާ އޭގެ ޙައްޤުވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތްތަކާމެދު މަޝްވަރާ ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ފަހިވާނެހެން ޒަކާތު ފަންޑު ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ މަހާސިންތާ އެއް ކަމަށެވެ.

މި މަހާސިންތާގައި ރާއްޖެއިން ބޭރުގެ ބައެއް ޒަކާތާއި ގުޅޭ ކަންކަމުގައި މަސައްކަތްކުރާ ތަޖުރިބާކާރުންނާއި އެކި ގައުމު ތަކުގެ ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ނިންމާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside