
މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލެއް!
# މޯލްޑިވްސް ޒަކާތު ހައުސް--
މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލުގެނެސްފި އެވެ.

ޒަކާތު ހައުސިން އިން މިއަދު ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރުޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު، 22 ރަމަޟާން 1446 (22 މާރިޗު 2025) ވާ ހޮނިހިރު ދުވަހުން ފެށިގެން، 27 ރަމަޟާން 1446 (27 މާރިޗު 2025) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.
އެގޮތުން ޒަކާތް ބަލައިގަތުމަށް ކުރިން ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ޞަލާހުއްދީން ހޯލުގައި ނަމަވެސް މިހާރުވަނީ އިސްކަންދުރު ސްކޫލަށް ބަދަލުކުރެވިފައި ކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައި އެވެ. އެގޮތުން 13:00 ން 16:00 ޒަކާތް ބަލައިގަތުން ކުރިއަށް ގެންދެވޭނެއެވެ.
ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި އަހަރުތެރޭ ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ތަކެތި:
– އާދައިގެ ހަނޑޫ
– ތައިލެންޑް ހަނޑޫ
– ބާސްމަތީ ހަނޑޫ
– ރަތް ހަނޑޫ
– ގޮދަން ފުށް
– އާޓާ ފުށް
އަތޮޅުތެރޭގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ބަލައިގަނެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ބެހުމަށް ޒަކާތު ހައުސްއިން ވަނީ ހުއްދަ ދީފައި އެވެ.
ގުޅުންހުރި

ރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އައިއައިޔޫއެމްއާއި ދެމެދު އެއްބަސްވުމެއް!

މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލެއް!

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރުޒަކާތް ބަލައިގަންނަން ފަށަނީ
