
ގާނޫނު އާސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް ފުރުސަތު ދިނުމަށް ބާކައުންސިލުން އެދެފި
# ބާ ކައުންސިލް# ގާނޫނު އަސާސީ--
ގާނޫނު އާސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް ފުރުސަތެއް ދިނުމަށް ބާކައުންސިލުން އެދެފި އެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނުނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް 19 ނޮވެމްބަރު ހުށަހަޅާފައިވާތީ އެ ބިލާ ގުޅިގެން ބާ ކައުންސިލްގެ އާންުމު މެމްބަރުންނާއި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެބިލާ ގުޅިގެން ބާ ކައުންސިލްގެ އާންމު މެމްބަރުންގެ ހިިޔާލާ މަޝްވަރާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމުގައި އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީިން ދެކޭ ކަމަށެވެ.
އެގޮތުން އެ ބިލަށް ހިޔާލު ހުށަހެޅުމަށް ފުރުސަތެއް ދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް ބާ ކައުންސިލްގެ ފަރާތުން މިއަދު ހުށަހަޅާފައިވާނެ ކަން ވަނީ ހާމަކޮށްފައެވެ.
ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލު ހޯދުމާއެކު ފުޅާދާއިރައެއްގައި މަޝްވަރާކުރެވިގެން ގެނެވޭ އިސްލާހުތަކެއް ކަމުގައި ވުމަކީ މުހިންމު ކަމެއްގައި ދެކޭހިނދު ގާނޫނު އަސާސީއަށް އިސްލާހް ގެނައުމުގެ ބިލް ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭގޮތަށް މި ބިލުގެ ކަންކަން އިންތިޒާމުކޮށްދެއްވުމަށް އެކަންސިލުން ވަނީ ބަޔާނުގައި ގޮވާލާފައި އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. މި ބިލްގައި ވާގޮތުން ނަމަ މަޖިލިސް މެމްބަރެއްގެ މެމްބަރު ކަން ގެއްލޭނެ ހަތަރު ހާލަތެއް ގާނޫނު އަސާސީން ކަނޑައަޅާނެ އެވެ. އެ ހަލާތްތަކަކީ އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި ޕާޓީން މެމްބަރަކު ވަކިވުމުގެ އިތުރުން ޕާޓީން އެ މެމްބަރަކު ވަކިކުރުމެވެ.



.webp&w=3840&q=75)


