
މެންބަރުންނަކީ 'ބޮޓުން' ކަމަށް ދޭހަވާގޮތަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަަކަ ނުދެއްކެވުމަށް އެދިވަޑައިގެންފި
# ރައްޔިތުންގެ މަޖިލިސް--
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ 'ބޮޓުން' ކަމަށް ދޭހަވާގޮތަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަަކަ ނުދެއްކެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު އެކަމަށް އެދިވަޑައިގަތީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގަރާރަށް މިއަދު މަޖިލީހުގެ ތަޅުމުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން މެންބަރު މީކާއިލް ވިދާޅުވީ މަޖިލީހުގެ އެޖެންޑާއަކީ ރައީސް އޮފީހުން ދޭ އެއްޗަކަށް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ކޮންޓްރޯލް ކުރާކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.
އޭނާ އެފަދައިން ވިދާޅުވުމުން، މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ކަރާމާތް ނުގެއްލޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް ދަންނަވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ، މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕިއެންސީގެ ސުޕާ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައެއް ބިލްތައް އަވަސް ސްޕީޑެއްގައި ފާސްކުރާކަމަށްބުނެ އިދިިކޮޅުން ދަނީ މިއީ ސަރުކާރާއި ރައީސުލްޖުމްހުރިއްޔާގެ ފުރިހަމަ ކޮންޓްރޯލާއި އެކު މަޖިލިސް ހިންގުން ކަމަށް ސިފަކޮށްފައެވެ. އެގޮތުން އިދިކޮޅުން ތުހުމަތު ކުރާގޮތުގައި ސުޕާމެޖޯރިޓީގެ ނަހަމު ބޭނުން ހިފައި ގައުމަށް ގެއްލުންވާ އެތަކެއް ކަމެއް މަޖިލީހުގެ ތެރެއިން ޕީއެންސީގެ މެމްބަރުން ދަނީ ކުރައްވަމުންނެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)