logoEN
PNC TOP 3
ނިލަންދޫގެ ނަރުދަމާ ނިޒާމު މަޝްރޫއު އެމްޑަބްލިއުއެސްއީއަށް!

ނިލަންދޫގެ ނަރުދަމާ ނިޒާމު މަޝްރޫއު އެމްޑަބްލިއުއެސްއީއަށް!

އަހުމަދު ޝުރާއު

logo

11/19/2024, 6:29:38 AM

# ފ. ނިލަންދޫ

--

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީއާއެކު ސޮއިކޮށްފިއެވެ.

PNC MID 2

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިބްރާހިމް ތާއާމް މުޙައްމަދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ 2023 ވަނަ އަހަރުގެ ޖަނަވަރީ 25 ވަނަ ދުވަހު ފެނަކައާ ހަވާލުކުރެވިގެން ހިންގުނު މަޝްރޫޢެކެވެ. އޭރު މި މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ. މަޝްރޫޢުގެ ދަށުން މިހާރު ބޭނުންކުރަމުންދާ ވެކިއުމް ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށްޓަކައި، މިހާރު ހުރި ނަރުދަމާ ނިޒާމު ގްރެވިޓީ ނިޒާމަކަށް ބަދަލުކުރެވޭނެއެވެ.

މި މަޝްރޫޢު ނިމުމުން ފ. ނިލަންދޫގެ ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކަމާއެކު ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މިނިސްޓްރީއިން އުއްމީދުކުރައްވައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC