logoEN
PNC TOP 3
ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް ބޮޑުކުރުމުގެ މަޝްރޫއު އާރުޑީސީއަށް!

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް ބޮޑުކުރުމުގެ މަޝްރޫއު އާރުޑީސީއަށް!

އަހުމަދު ޝުރާއު

logo

11/18/2024, 2:25:22 PM

# ހުޅުމާލެ ހޮސްޕިޓަލް

--

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް ބޮޑުކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

PNC MID 2

މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޢަބްދުލް ރައްޒާޤު ހަލީމް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު އެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިއަދު ބުނީ އެ ހޮސްޕިޓަލްގެ އިމަޖެންސީ އަދި ޖީއޯޕީޑީ ހިދުމަތް ހޯދި މީހުންގެ އަދަދު 250،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

އެހެންކަމުން، ހިދުމަތް ފުޅާކުރުމަށްޓަކައި އީއާރް ބޮޑުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އިން އާރްޑީސީއާއި ހަވާލުކުރީ ސިވިލް ވޯކް އެންޑް އިންޓީރިއާ ފިނިޝިންގެ މަސައްކަތް 60 ދުވަސް ތެރޭގައި ނިންމުމަށެވެ.

މިހާރު އޮޕަރޭޝަނަލް 8 އީއާރު އެނދު ހުރި ހުޅުމާލެ ހޮސްޕިޓަލްގައި މިއަދު ސޮއިކުރެވުނު މަޝްރޫއުއާއި އެކު ޒަމާނީ ވަސީލަތްތަކާ އެކު 14 އިމެޖަންސީ އެނދާއި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ކުރެވޭ ރިސަސްއެއް ގާއިމް ކުރެވޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

ސަރުކާރުން ވަނީ ހުޅުމާލެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހަދައި އެ ދެ ތަން ގުޅާލައިގެން، 250 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ވެސް ނިންމައިފަ އެވެ. އަދި ދާދި ފަހުން ސަރުކާރުން ވަނީ އެހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC