--
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ތެރެއިން އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއަށް ކަމަށް ށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ އިއްޔެގެ ހެނދުނު 08:00 އިން މިއަދުގެ 08:00 އާއި ހަމައަށް އެކި ސަރަހައްދުތައް ވާރޭވެހިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އެމުއްދަތުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫއަށް އިއްޔެ 110 މިލިލީޓަރުގެ ވާރޭވެހިފައި ވެއެވެ. އަދި އައްޑޫ ސިޓީގެ ގަމަށް 106 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
އިއްޔެ ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ ތޮއްޑޫ އަށެވެ. އެގޮތުން އެރަށަށް އިއްޔެ 103 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ.
މީގެ އިތުރުން އިއްޔެ އދ މާމިގިއްޔަށް 95 މިލިމީޓަރުގެ ވާރޭވެހުމު ކަމަށް ރެކޯޑުކުރެވުނު އިރު ގއ ކޫއްޑޫއަށް 81 މިލިމީޓަރުގެ ވާރޭ ވެހިފައވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިޔަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މިއަދު މިވަގުތާއި ހަމައަށްވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކެއް އޮތީ މޫސުމީ ސަމާލުތަކުގައި އެވެ.