
ފާއިތުވި އަހަރު ހިންގުނު އެންމެ ހިތްހަމަޖެހޭ ޕްރޮގުރާމަކީ ޒުވާން ޚަޠީބުންގެ ޕްރޮގުރާމް - ޝަހީމް
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު--
މި ސަރުކާރަށް އެއް އަހަރުވީ އިރު، ފުރަތަމަ އަހަރު ކުރިއަށް ގެންދެވުނު އެންމެ ހިތްހަމަ ޖެހޭ އެއް ޕްރޮގުރާމަކީ، ޒުވާން ޚަޠީބުން ޕްރޮގުރާމްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެެެެެ.

ޒުވާން ޚަޠީބުންގެ ތެރެއިން މާލެ ސަރަޙައްދުގައި އުޅުއްވާ ޒުވާން ޚަޠީބުންނާއި މިއަދު ބައްދަލުކުރައްވާ ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުންގެ ޕްރޮގުރާމަކީ ވުޒާރާއިން ކުރިއަށް ގެންދެވުނު އެންމެ މުހިއްމު އެއް ޕްރޮގުރާމްކަމަށާއި، ރައްޔިތުންވެސް ޒުވާން ޚަޠީބުން ޕްރޮގުރާމް ބަލައިގެންފައިވާކަން އުފަލާއެކު ފާހަގަކުރައްވާކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަޒީރު ވަނީ ޒުވާން ޚަޠީބުން ހިއްވަރާއެކު ކުރިއަށް ގޮސް، އަމިއްލައަށްވެސް ކަންކަން ދަސްކޮށް ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.
މީގެ އިތުރުން ވުޒާރާއިންވެސް ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީން ޕްރޮގުރާމްތައް ކުރިއަށް ގެންދެވުމަށް ގަސްތުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދަން ފެށި ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 250 އަށްވުރެ ގިނަ ޚަޠީބުން ސަނަދު ޙާސިލްކޮށްފައިވާއިރު، ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރު ތެރޭގައި 1000 ޚަޠީބުން އުފެއްދުމަށެވެ.
ގުޅުންހުރި

ޝަހީމް އަދާލަތު ޕާޓީއާއި ގުޅެން މެމްބަރޝިޕް ފޯމް ހުށަހަޅުއްވައިފި: ޕާޓީންވެސް ފޯމު ބަލައިގަތުމަށް ނިންމައިފި!

މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަނީ

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ އިމާމުން - ޝަހީމް
