
ރައީސް މަސައްކަތް ކުރައްވަނީ މީގެކުރީގެ ސަރުކާރުތަކުން އަތްލާން ނުކެރިފައިވާ ޤައުމީ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް: އިހްސާން
# އަލީ އިހްސާން--
މީގެކުރީގެ ސަރުކާރުތަކުން އަތްލާން ނުކެރިފައިވާ ޤައުމީ މައްސަލަތަކަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޖެހިލުންކުޑަ ސިޔާސީ ވިސްނުމާއި، އެހެން ހުރިހާ ކަމަކަށްވުރެން ދިވެހި ޤައުމު އިސްކުރައްވައިގެން ކުރައްވަން ނިންމެވި ކަންތައްތައް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މި ރިޔާސީ ދައުރުގެ ފުރަތަމަ 52 ހަފްތާގައި ހޯމް ޓީމުން ހާސިލްކޮށްފައިވާ މުހިންމު ނަތީޖާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދާޙިލީ ވަޒީރު ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުން އަތްލާން ނުކެރިފައިވާ މި ޤައުމީ މައްސަލަތަކަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޖެހިލުންކުޑަ ސިޔާސީ ވިސްނުމާއި، އެހެން ހުރިހާ ކަމަކަށްވުރެން ދިވެހި ޤައުމު އިސްކުރައްވައިގެން، ރައްޔިތުންގެ ފަޅިގައި ހުންނަވައިގެން، ކުރައްވަން ނިންމެވި ކަންތަކެއް ކަމަށެވެ.
އަދި ވަޒީރު ވަނީ އެކަންކަން ތަންފީޛް ކުރުމުގެ މަސައްކަތް ހިންގާ، ވިލަރެސްކުރުމަށް އެމަނިކުފާނު ހުންނެވީ ވަރަށް ހުށިޔާރުވެގެންކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފާއިތުވި 52 ހަފްތާގެ ތެރޭގައި، މައިގަނޑު 4 ދާއިރާއަަކަށް އަމާޒުކޮށްގެން، ގޮންޖެހުން ބޮޑު، އިސްތިރާޖީ ގިނަ މަސައްކަތްތަކެއްގެ ބިންގާ ވަނީ އަޅުއްވާފައި ކަމަށެވެ.
އެގޮތުން، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ މޫލާފައިވާ ބޮޑެތި މަައްސަލަތައް ކަމުގައިވާ ގޭންގުތަކުގެ މައްސަލަ އާއި މަސްތުވާތަކެތީގެ މައްސަލަ އާއި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ އިރުޝާދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވުމުން، ޤައުމީ އެބޮޑު މައްސަލަތައް ހައްލުކުރުމުގެ ފައުންޑޭޝަން މި ރިޔާސީ ފުރަތަމަ އަހަރު ތެރޭގައި ވަނީ އަޅުއްވާފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އިޖުތިމާއީ ފޭރާން އިއާދަކުރުމަށްޓަކައި ގޭންގުތަކުގެ ހާލި ނައްތާލަން ޖެހޭއިރު، އެއީ ދިވެހި ޤައުމަށް އަދާކުރާނެ ޒިންމާއެއް ކަމަށްވެސް ވިދާޅުވެފައެވެ.
ފާއިތުވު އެއް އަހަރު ދުވަހުގެ ތެރޭގައި ހާސިލްކުރެވުނު މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އެއްކޮށް ހައްލުކުރުމަށްޓަކައި، މި ރިޔާސީ ދައުރު ނިމޭއިރު މަސްތުވާތަކެތީގެ ސަޕްލައި އޮންނަ ހުރިހާ މަގެއް ބަންދުކޮށް، ސަޕްލައި ނައްތާލާ، މަސްތުވާތަކެތީގެ ޑިމާންޑް 90 އިންސައްތައަށް ދަށްކުރުމަށް ހޯމްޓީމުން ވަނީ ނަތީޖާ ނެރެވޭނެ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ ގޭންގުތަކަށް ކުޑަކުދިން ރެކްރޫޓް ކުރުން ހުއްޓުވައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދީ، ކުޑަކުދިން ކުށުގެ މާހައުލުގައި އުޅޭ އުޅުމަށް އިންޤިލާބީ ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
އަދި ކުރިއަށް އޮތް އަހަރުގައި، މިމަސައްކަތުގެ ނަތީޖާ ދެއްކޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ގްރީންގެ ހުރީ ބޭނުންނުކުރެވޭ ހާލަތެއްގައި، އެކަމަށް ހައްލުގެންނާނަން: އިހްސާން

މިހާތަނަށް 77ހާސް ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި - އިހްސާން

މިއީ ހަވާސާވެފައި ތިބި ޒުވާނުންނަށް އޯގާތެރިކަމާއެކީ އަޅާލާ ސަރުކާރެއް: އިހްސާން
