logoEN
Sto top
ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫރު އެމްޓީސީސީއަށް!

ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫރު އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

11/17/2024, 11:23:27 AM

# ތ. ގުރައިދޫ

--

ތ. ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

Wamco

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރިޓަޔަރޑް) އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ, މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރަކްޗަރ އަލްފާޟިލް އިބްރާހިމް ތޮޢާމް މުޙައްމަދުއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން, 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި, 979 މީޓަރުގެ ސަރަޙައްދެއްގައި ރެވެޓްމެންޓެ ޖެހުމާއި, 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރެވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫޢަކީ 106.02 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވުނު މަޝްރޫޢުއެކެވެ.

2272 މީހުންގެ އާބާދީއެއް އޮތް ތ. އަތޮޅު ގުރައިދޫއަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަ ރަށެކެވެ. މި ރަށުގެ ހީވާގި ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއ،ި ދަނޑުވެރިކަމާއ،ި ފަން ވިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެއަރޕޯޓެއް ރަށުގައި ޤާއިމްވެގެން ދިޔުމަކީ މި ރަށު ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެކެވެ. އެހެންކަމުން, މިއަދު ހަވާލުކުރެވިފައިމިވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަށްފަހު މުސްތަޤުބަލުގައި ތ. ގުރައިދޫގައި އެއަރޕޯރޓެއް ޤާއިމުވެގެން ދިޔުމަކީ, މުޅި ތ. އަތޮޅަށްވެސް އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން, މި އެއަރޕޯޓްގެ ސަބަބުން އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީވެ, ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC