ސާޅިހަށްވުރެ ގިނަ ސްޓޯލާއި އެކު ދާލަން އެކްސްޕޯ ފަށަން ތައްޔާރުވެއްޖެ
އަހުމަދު ޝުރާއު
11/14/2024, 6:58:54 PM
--
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން އިންތިޒާމުކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" ފަށަން ތައްޔާރުވެއްޖެ އެވެ.
މި އެކްސްޕޯ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 15 އަދި 16 ވަނަ ދުވަހުގެ 16:00 ކުން ފެށިގެން ސެންޓްރަލް ޕާކްގައެވެ.
އެގޮތުން ޖުމުލަ 41 ސްޓޯލް ހިމެނޭ މި އެކްސްޕޯގައި، މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުންދާ އިދާރާތަކުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އަމިއްލަ ވިޔާފާރިތަކުން ތަފާތު އެކި ހަރަކާތްތަށް ކުރިއަށްގެންދިޔުމަށް ދަނީ ތައްޔާރުވަމުންނެވެ.
ދާލަން އެކްސްޕޯގައި ބައިވެރިވެލައްވާ އެގްޒިބިޓަރސް:
- މޯލްޑިވިސް ނޭޝަނަލް ސްކިލްސް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)
- ނެޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް)
- ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް
- ވިލާ ކޮލެޖް
- ކްލިކް ކޮލެޖް
- ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
- ޕަބްލިކް ސަރވިސް މީޑިޔާ
- ޓްރޭޑް ނެޓް މޯލްޑިވިސް ކޯޕަރޭޝަން ލިމިޓެޑް
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- މާލެ ވޯޓަރ އެންޑް ސިވޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްއީ)
- ސީއޭ މޯލްޑިވިސް
- ބޭންކް އޮފް މޯލްޑިވިސް
- އީއެމްޖީއެސް
- އައިލެންޑް އިންސްޓިޓިއުޓް އޮފް ޓަރޝިއަރީ އެޑިޔުކޭޝަން
- މޯލްޑިވިއަން އެކަޑެމީ އޮފް ޑްރައިވިންގ
- ދިރާގު
- ވެމްކޯ
- މޯލްދިވިސް ޕޮލިޓެކްނިކް
- ކަސަބު
- ކްލޭ ސްޓޫޑިއޯ
- މޯލްޑިވިއަން އެސޯސިއޭޝަން އޮފް ސްޕީޗް-ލެންގުއެޖް ޕެތެލޮޖީ އެންޑް އޯޑިއޮލޮޖީ (މަސްޕާ)
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)
- ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)
- މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީސް
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)
- އާނެސްޓް އެންޑް ޔަންގް
- މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)
"ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" ގެ ސްޕޮންސަރުންގެ ގޮތުގައި، ސީގަލް ގުރޫޕާއި ވިޔޭޖެސް މޯލްޑިވިސް ހިމެނޭއިރު، މި އެކްސްޕޯގެ ޕާރޓްނަރުންނަކީ ދިރާގު، ޕީއެސްއެމް، ޕެންޝަން އޮފީސް، ބޭންކް އޮފް މޯލްޑިވިސް، އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި ކެފޭ ޑެލިޒިއޯސޯއެވެ.
މީގ އިތުރުން، މި އެކްސްޕޯ ފަންޑުކޮއްދެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ވޯލްޑް ބޭންކުން ޚަރަދުކޮއްގެން ހިންގާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓް އަދި މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓެވެ.