ބައެއް ކޮމިޝަންތަކުގެ ރައީސުންނާއި މެމްބަރުން ވަކިކުރަނީ
އަހުމަދު ޝުރާއު
11/11/2024, 12:06:39 PM
--
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ހިމެނޭހެން އިތުރު ދެ ކޮމިޝަނެއްގެ މެންބަރުންތަކެއް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފަށައިފި އެވެ.
މިކަން ހާމަވެފައިވަނީ ކޮމިޝަންތަކުގެ ބައެއް މެމްބަރުން މަގާމުން ވަކިކުރުމުގެ ކަންކަން މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހެޅުން މާދަމާގެ ޖަލްސާގެ އެޖެންޑާގައި ރިޔާސަތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނުމާއި ގުޅިގެންނެނެވެ.
މާދަމާގެ ޖަލްސާގެ ހިމަނާފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް އާއި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އަލީ ނަޝާތު އާއި، އެކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބް ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އެވެ.
މި ބޭފުޅުން މަގާމުން ވަކިކުރަން ނިންމާ ވަކި ސަބަބެއް އަދި ނޭނގޭ އެވެ.
ބައެއް މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހަފްތާގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް މިއީ ހައްސާސް މައްސަލައެއް ކަމަށް ބުނެ އެމައްސަލަތައް ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.