
ލުބުނާނުން އިޒްރޭލުގެ ސަރަހައްދުތަކަށް އަމާޒުކޮށް 25 ރޮކެޓު ހަމަލާ ފޮނުވާލައިފިި އެވެ.

އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން ބުނީ ލުބުނާނުން 25 ރޮކެޓް ފޮނުވާލާފައިވަނީ އިޒްރޭލުގެ ގަލީލަށް އަމާޒުކޮށް ކަމަށެވެ. އަދި ހަމަލާގެ ސަބަބުން އިޒްރޭލުގެ ގިނަ ސަރަހައްދުތަކެއްގައި އެއާ ސައިރެން އަޑުތައް އިވުނު ކަމަށް ވަނީ ބުނެފައި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ޔަހޫދީ އަސްކަރިއްޔާއިން އިތުރަށް ބުނީ މި ރޮކެޓުތަކުގެ ތެރެއިން ބައެއް ރޮކެޓުތައް ހުއްޓުވާފައިވާ ކަމަށާއި ބައެއް ރޮކެޓުތައް ވެއްޓުނީ މީހުން ނޫޅޭ ސަރަހައްދުތަކަށް ކަމަށެވެ.
މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް މިއީ ހިޒްބުاللهއިން ދިން ހަމަލާއެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ހިޒްބުاللهއިންވެސް އަދި މިހާތަނަށް ހަމަލާއާއި ގުޅިގެން ރަސްމީ ބަހެއް ބުނެފައި ނުވެއެވެ.
މި ހަމަލާގެ ރިޕޯޓު މެދުއިރުމަތީގެ ނޫސްތަކުންވެސް ރިޕޯޓުކުރަމުންދާއިރު ހަމަލާގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިރުކޮޅެއް ކުރިން އިސްލާމިކް ރިސިސްޓެންސްއިން ވެސް ވަނީ އިޒްރޭލަށް ރޮކެޓު ހަމަލާތަކެއް ދެމުން އަންނަ ކަމަށް ބުނެފައެވެ. އެހަމަލާތައް ދެމުން ދަނީ އިޒްރޭލުގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

އިޒްރޭލުން ލުބުނާނުގެ ވެރިރަށަށް ވަރުގަދަ ހަމަލާއެއް: މިއީ މިފަހުން ބެއިރޫތަށް ޔަހޫދީން ދިން އެންމެ ބޮޑު ހަމަލާ - ރޮއެޓާސް

މިމަހުގެ 18 ގެ ކުރިން ލުބުނާނުގައި ތިބި ޔަހޫދީ ސިފައިން ފައިބާން އަންގައިފި

ނިރުބަވެރި އިޒްރޭލުން ލުބުނާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލަނީ
