.avif&w=3840&q=75)
ބުރަފައްޗެއްގައި ޖެހި ސިންގަޕޫރު ކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން އެގައުމުގެ ޓީމެއް ރާއްޖޭގައި!
# ރާއްޖެ - ސިންގަޕޫރު--
އދ ދިގުރަށް ކައިރިއަށް ސްނޯކްލިންގ އަށް ފޭބި ތަނާ ދޯންޏެއްގެ ބުރަފަތީގައި ޖެހި ސިންގަޕޫރުގެ 15 އަހަރުގެ އަންހެން ކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން އެކުއްޖާ ނިސްބަތްވާ ސިންގަޕޫރު ސްކޫލުގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ސިންގަޕޫރުގެ ނޫހެއް ކަމަށްވާ ސީއެންއޭ އިން މިއަދު ބުނީ މަރުވި ކުއްޖާގެ އާއިލާއާއި އެކުއްޖާ ނިސްބަތްވާ ސިންގަޕޫގެ އެސްޓީ ޖޯސެފްސްގެ އިންސްޓިޓިއުޓްގެ ޕްރިންސިޕަލް ހިމެނޭހެން ޚާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.
އެގޮތުން އެކުއްޖާގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރާއްޖޭގެ އިދާރާތަކާއި ގުޅިގެން އެޓީމުން މަސައްކަތްކުރާނެ ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
މަރުވި ކުއްޖާއަކީ ސިންގަޕޫގެ އެސްޓީ ޖޯސެފްސްގެ އިންސްޓިޓިއުޓްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލްކުރަމުންދާ، އުމުރުން 15 އަހަރުގެ ޖެނާ ޗަން ކަމަށެވެ. އެކުއްޖާ ރާއްޖެ އައިސްފައިވަނީ ފެހުރިއްސާ ގުޅޭ ރިސާޗެއް ހެދުމަށް އެސްކޫލުގެ އެހެން ދަރިވަރުންތަކާއި ޓީޗަރުން ހިމެނޭ ޓީމަކާއި އެކުގައި ކަމަށްވެސް އެނޫހުން ބުނެއެވެ.
ފުލުހުން އިއްޔެ ބުނީ އދ ދިގުރަށަށް ވޭލް ޝާކް ރީސާޗެއް ހަދަން ސްޓަޑީ ޓުއާއެއްގައި ގޮސް އުޅުނު ޓީމުގެ ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ސްނޯކްލިންގއަށް ގޮސް ދޯނިން ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެން އެރަށު ހެލްތު ސެންޓަރަކަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އިއްޔެ 9:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ކުއްޖާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައި އެވެ.
ގުޅުންހުރި

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު މުހިންމު ތިން އެއްބަސްވުމެއް!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސިންގަޕޫރާއިއެކު މަޝްވަރާކޮށްފި
.avif&w=3840&q=75)
ބުރަފައްޗެއްގައި ޖެހި ސިންގަޕޫރު ކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން އެގައުމުގެ ޓީމެއް ރާއްޖޭގައި!
